ފްރޮންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ ޔުނީފޯމުގައި ހަރުކުރާ 1،400 ބޮޑީ ވޯން ކެމެރާ ހޯދަން އިއުލާނު ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ފްރޮންޓްލައިން ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށެވެ. އަދި ޝަރުތު ހަމަވާ ފަރާތެއް ކަނޑައެޅުމުގައި އަމަލުކުރާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން ކަމަށް މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ބުނެފަ އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވާގޮތުން، ބީލަމުގައި ބައިވެރިވާން 1،500 ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު އަދި މި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 390،000 ރުފިޔާ ވެސް ހުށަހަޅަން ޖެހޭނެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ފައިސާ ދެއްކުން އޮންލައިން ޕޭމަންޓް ޕޯޓަލް- ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ބަލައިގަންނާނެ ކަމަށެވެ.
މި މަހުގެ 31 ވާ އަންގާރަ ދުވަހުގެ 1:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި، އެ މަޝްރޫއުގެ ބީލަން ހުޅުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ހޯދައިދޭން ފިނޭންސް މިނިސްޓްރީގައި އެދިފައިވަނީ މިދިޔަ ޖޫން މަހުގަ އެވެ.
ހިޔާ ރޯދީގަ ރޯވުމުގެ ކުރިން އެގެއަށް މީހަކު ވަންނަ ވީޑިއޯއެއް!
ފޯޅަވަހި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށް ދީފި
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!
