މިދިޔަ މަހު ހުޅުވި ދަ ރިޓްޒް ކާލްޓަން ސްޕާ ފަރި އައިލެންޑްސް ރިސޯޓުގެ ވޯޓާ ވިލާއެއް އަނދައި ހުލިވެއްޖެ އެވެ.
އެމްއެންޑީއެފްއިން ބުނީ ކ. އަތޮޅު ގަމަރުގިރި ކައިރީގައި އޮންނަ ދަ ރިޒް ކާލްޓަން އެންން ސްޕާ ރިސޯޓުގެ ވޯޓާ ވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:29 ގައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ކިހާވަރަކަށް ކަމެއް، އަދި އަލިފާން ގަނޑު ފެތުރިފައި ވަނީ ކިހާވަރަކަށް ކަމެއް އެމްއެންޑީއެފްއިން އަދި ނުބުނެ އެވެ.
އެމްއެންޑީއެފްއިން ބުނީ، އަލިފާން ނިއްވުމަށް މިހާރު އެމްއެންޑީއެފްގެ ފަޔާ ޓީމް ރިސޯޓަށް ދަތުރު ކުރަމުންދާ ކަމަށެވެ. އަދި އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެ އެވެ.
އަލުން މަސްތުގެ ވަބާއަށް ހުށައެޅުނު ކަމަށް ބްރެޑް ބުނެފި
ބީއެމްއެލްގެ އެހީގައި ހިންގި ޕްރޮޖެކްޓްތަކެއް ނިންމާލައިފި
އެއީ އާދައެއް: "ޑޮން 3"އިން ރަންވީރު ވަކިވުމުން ފަރްހާންގެ ރައްދު
