މޭވާއަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެއްކަން އެންމެން ވެސް ދަނެ އެވެ. ޑޮކްޓަރުންގެ ލަފާގެ މަތިން މޭވާގެ ބާވަތްތައް އަހަރެމެންގެ ކެއުމުގައި ހިމެނި ނަމަވެސް އެ ކެއުމުގައި ގޯސް ހެދޭ ގޮތްވެ އެވެ. މި ލިޔުުމުގައި މިބަލާލަނީ މޭވާގެ ފައިދާ ހަށިގަނޑަށް އެންމެ ބޮޑަށް ކުރާނެ ގޮތްގޮތަށެވެ.
އެހެން ކެއުންތަކާ އެއްނުކުރުން
މޭވާ ކާއިރު ކެއުމުގެ އެހެނިހެން ބާވަތްތަކާ އެއްނުކުރުން އެދެވިގެންވެ އެވެ. އެގޮތުން މައިގަނޑު ނާސްތާގެ ކުރިން ނުވަތަ ފަހުން މޭވާއެއް ކާލުން އެންމެ ރަނގަޅުވާނެ އެވެ.
ޖޫސް ނުހަދައި ރޮލަށް ކެއުުން
މޭވާގެ ފައިދާތައް އެންމެ އެދެވޭ ގޮތުގައި ލިބޭނީ އެއިން ދިޔަ ނަގާ ޖޫސް ހެދުމަށް ވުރެ ރޮލަށް މޭވާ ކޮށައިގެން ކެއުމުންނެވެ.
ތޮށި ނުމެށުން
އާފަލު އަދި ފޭރު ފަދަ ތޮށްޓާއެކު ކެވޭ މޭވާތައް ބޭނުންކުރާއިރު ތޮށި ނުމެށުމަކީ އެންމެ ރަނގަޅު ގޮތެވެ. އެހެނީ އެމޭވާއަކުން ލިބޭ 30-20 ޕަސެންޓް މާއްދާތައް އެކުލެވިގެންވަނީ އޭގެ ތޮށީގަ އެވެ.
ސައޫދީގައި މުއްސަނދި ބޭރު މީހުނަށް ރާ ވިއްކަނީ
ރައްޓެއްސަކާއެކު ހިނގާލުމުން ގިނަ ފައިދާތަކެއް!
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް