ކަރަންޓުގައި ޖެހިގެން އަދާރަން ކްލަބް ރަންނާޅި ރިސޯޓުން ރޭ މީހަކު މަރުވެއްޖެ އެވެ.
އިއްޔެ ހަވީރު 6:30 ހާއިރު ހިނގި މި ހާދިސާގައި މަރުވެފައި ވަނީ ސްރީލަންކާގެ މީހެކެވެ.
ފުލުހުން ބުނީ ކަރަންޓުގައި ޖެހިގެން އެ މީހާ މަރުވި މައްސަލަ ހުށަހަޅާފައި ވަނީ ރޭ 8 ޖަހާކަން ހާއިރު ކަމަށެވެ. އަދި އެ މީހާ ރޭ 7:30 ހާއިރު ކ. މާފުށީ ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ވިއްސާރައިރު ދުޅަހެޔޮ ސިއްހަތަކަށް ކުރަންޖެހޭ 5 ކަމެއް!
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފަރާލައި ބިރުދައްކަނީ
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ