ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓް ހަތެއް ކައިރީގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
މި ހާދިސާއާ ގުޅިގެން އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓް ހިނގާފައިވަނީ މަގުގެ އަރިމަތީގައި އޮންނަ ސައިކަލު ލޭނުގައި ޓެކްސީއެއް މަޑުކޮށްގެން އޮއްވައި، އެ ޓެކްސީގެ ކުރިމަތީގައި ސައިކަލެއް ވެއްޓި ކަހައިގެން ގޮސްގެންނެވެ.
އޭގެ އިތުރުން އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާގެ ބޮލުން ގިނަ އަދަދެއްގެ ލޭ އައިސްފައިވާ ތަން ވެސް އާންމުވެފައިވާ ވީޑިއޯތަކުން ފެންނަން ހުއްޓެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ފްރަންޓްލައިން އޮފީސަރުން ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި ހާދިސާގައި ޝާމިލުވާ ފަރާތްތަކުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.
ވެނެޒުއޭލާގެ ތެލުގެ ބޮޑު ބައެއް އެމެރިކާއަށް ލިބޭ އެއްބަސްވުމެއް
ކަސްރަތު: ހިތާމައާއި ރުޅިވެރިކަމުން އަރައިގަންނަން މަގެއް؟
ފުވައްމުލަކުގައި އެކްސިޑެންޓެއް: ދެ ކާރާއި ސައިކަލަކަށް ގެއްލުން

ވަރަށް ގިނަފަހަރު މަތިން ކާރު ނަގާއިރު ދެފަރާުތުން ވެސް ސަމާލު ކަން ނުދޭކަން ފެނެއެވެ.
ރިޕްލައި