ވެނެޒުއޭލާގައި ކަށަވަރުކުރެވިފައިވާ 65 ބިލިއަން ފީފާގެ ތެލުގެ ރިޒާވްގެ މެޖޯރިޓީ ކޮންޓްރޯލް އެމެރިކާއަށް ލިބޭގޮތަށް، އެމެރިކާގެ ސަރުކާރުން ވެނެޒުއޭލާއާއެކު ބޮޑު ތެލުގެ އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ތާރީހުގައި ވެސް ގާއިމުކުރެވުނު އެންމެ ބޮޑު ތެލުގެ އެއްބަސްވުން ކަމަށް ޓްރަމްޕް ސިފަކުރެއްވި މި އެއްބަސްވުމުގެ ދަށުން، ވެނެޒުއޭލާއަށް ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރުގެ އަމިއްލަ އިންވެސްޓްމަންޓް ލިބޭނެ ކަމަށް އެމެރިކާ އާއި ވެނެޒުއޭލާގެ އޮފިޝަލުން ވިދާޅުވި އެވެ.
ވެނެޒުއޭލާއަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ހުރި ކަމަށް ކަށަވަރުކުރެވިފައިވާ ގައުމެވެ. ޖެނުއަރީ މަހު އެމެރިކާއިން ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯ މަގާމުން ދުރުކޮށް ހައްޔަރުކުރި ފަހުން، އެ ގައުމުގެ ސަރުކާރު ހިންގަމުން ދަނީ ޓްރަމްޕްގެ ސަރުކާރުގެ ވަރަށް ބޮޑު ނުފޫޒާއި ފާރަވެރިކަމުގެ ދަށުންނެވެ.
ވޮޝިންޓަނުން ވަނީ މަދޫރޯގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް، އެމެރިކާގެ ސިޔާސަތުތަކަށް ތަބާވާހާ ހިނދަކު، އިންތިގާލީ ލީޑަރެއްގެ ގޮތުގައި ދެމިހުރުމުގެ ހުއްދަ ދީފަ އެވެ.
ވެނެޒުއޭލާގެ ތެޔޮ އެމެރިކާއަށް ހޯދުމަށް ބޭނުންވާކަން ޓްރަމްޕް މީގެ ކުރިން ވެސް ސިއްރުކުރައްވާފައެއް ނުވެއެވެ. އަދި މި އެއްބަސްވުން އިއުލާނު ކުރައްވައި އޭނާގެ "ޓްރުތު ސޯޝަލް" ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެ ސަބަބުން އެމެރިކާގެ ތެލުގެ ރިޒާވް ދެގުނައަށް ވުރެ އިތުރުވެގެންދާނެ ކަމަށެވެ.
އިންތިގާލީ ލީޑަރު ރޮޑްރިގޭޒް ވަނީ މިއީ ތާރީހީ އެއްބަސްވުމެއް ކަމަށް ވިދާޅުވެ، މީގެ ސަބަބުން ގައުމު އަލުން އާރާސްތުކުރުމަށް ބޮޑު ބާރަކަށް ވާނެ ކަމަށް ވިދާޅުވެފަ އެވެ.
ސޯޝަލް މީޑިއާގައި އޭނާ ކުރެއްވި ޕޯސްޓެއްގައި، 100 ބިލިއަން ޑޮލަރަށް ވުރެ ގިނަ އިންވެސްޓްމަންޓާއި، ދައުލަތަށް ޓެކްސްގެ ގޮތުގައި 209 ބިލިއަން ޑޮލަރަށް ވުރެ ގިނައިން އާމްދަނީ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ރޮޑްރިގޭޒްއާއެކު މި އެއްބަސްވުމަށް އާދެވިފަ އެވެ.
ޔުނިވަރސިޓީ އޮފް ޓެކްސަސްގެ އެނާޖީ އިންސްޓިޓިއުޓްގެ ސީނިއާ ރިސާޗަރެއް ކަމަށްވާ ޖޯޖް ޕިނޯން ވިދާޅުވީ، މިއީ އާދަޔާ ހިލާފު އެއްބަސްވުމެއް ކަމަށާއި، ތެލުގެ މިލްކުވެރިކަން އަމިއްލަ ކުންފުންޏެއްގެ ބަދަލުގައި އެހެން ގައުމަކަށް ބަދަލުވާ ގޮތާމެދު ގިނަ ސުވާލުތަކެއް އުފެދޭ ކަމަށެވެ.
"މި ބަދަލުވުން ހިނގާނީ ކިހިނެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ. މިއީ ވިއްކާލުމެއްތޯ؟ ނުވަތަ މިލްކުވެރިކަން ބަދަލުކުރުމެއްތޯ؟ ނުވަތަ މިލްކުވެރިކަން ބަދަލުވާނީ ހަމައެކަނި ތެޔޮ ނަގަން ފެށުމުންތޯ؟" އޭނާ ސުވާލު އުފެއްދެވި އެވެ.
ހަބަރު ފަތުރާ ސައިޓެއް ކަމަށްވާ 'އެކްސިއޯސް' އިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރެވެމުންދަނީ 90 ބިލިއަން ފީފާގެ ތެޔޮ ހުރި 12 ސަރަހައްދަކާ ގުޅޭގޮތުންނެވެ. މިއީ ވެނެޒުއޭލާގައި ހުރި ކަމަށް ބެލެވޭ ޖުމްލަ 300 ބިލިއަން ފީފާގެ ތެލުގެ ތިންބައިކުޅަ އެއްބަޔާ ގާތްކުރާ މިންވަރެކެވެ.
އެކްސިއޯސް އިން ބުނާ ގޮތުގައި، އެމެރިކާއަށް މިލްކުވެރިކަން ދިނުމުގެ ބަދަލެއްގެ ގޮތުން، އެމެރިކާގެ ކުންފުނިތައް ހިމެނޭހެން އަމިއްލަ ކުންފުނިތަކުން އެ ސަރަޙައްދުތައް ތަރައްގީކޮށް، ވެނެޒުއޭލާއަށް ލިބޭ ތެލުގެ އާމްދަނީ އިތުރުކޮށްދޭނެއެވެ.
އަދި މި އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ ތެލުގެ ރިޒާވް ދެގުނައަށް ވުރެ އިތުރުވާނެ ކަމަށް ވެސް އެކްސިއޯސް އިން ބުނެފައިވެއެވެ. މިއީ އެމެރިކާގެ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވް ފާއިތުވި 40 އަހަރުގެ ތެރޭގައި އެންމެ ދަށްވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ ރައްޔިތުންނަށް ތެލުގެ އަގު ބޮޑުވުމަކީ ޓްރަމްޕަށް ކުރިމަތިވެފައިވާ ބޮޑު ސިޔާސީ މައްސަލައެކެވެ. އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބުރޫ އަރާފައިވާއިރު، ނޮވެމްބަރު މަހު ބާއްވާ މިޑް-ޓާމް އިންތިހާބާ ދިމާކޮށް އޭނާގެ މަގުބޫލުކަން ވަނީ ދަށްވެފަ އެވެ.
ޓްރަމްޕްގެ ސަރުކާރުން އެމެރިކާގެ ކުންފުނިތަކަށް ވެނެޒުއޭލާގައި އިންވެސްޓްކުރުމަށް ބާރުއަޅަމުން ދިޔަ ނަމަވެސް، އެ ގައުމުގެ އިންފްރާސްޓްރަކްޗާ ހަލާކުވެފައިވުމާއި، މީގެ ކުރިން ބޭރުގެ އިންވެސްޓަރުންގެ މުދާ ސަރުކާރުން އަތުލާފައިވާތީ ކުންފުނިތަކުން ތިބީ ޖެހިލުންވެފަ އެވެ.
މަދޫރޯ މަގާމުން ދުރުކުރި އިރުވެސް ވެނެޒުއޭލާގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ ހަމައެކަނި ތެޔޮ ކުންފުނި ކަމަށްވާ 'ޝެވްރޮން' އިން ޖުލައި މަހު ބުނެފައިވަނީ، ދުވާލަކު 280,000 ފީފާ ތެޔޮ އުފައްދަމުންދާ ކަމަށާއި، 2028 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު 50 އިންސައްތަ އިތުރުކުރަން ރާވާފައިވާ ކަމަށެވެ.
'އެގޭން ކެޕިޓަލް' ގެ ހަކަތައާ ބެހޭ މާހިރު ޖޯން ކިލްޑަފް ވިދާޅުވީ، ވެނެޒުއޭލާގައި ކުންފުނިތަކުން މަސައްކަތް ކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންވެސްޓްމަންޓްގެ ރައްކާތެރިކަން ކަމަށެވެ.
އޭނާ ވިދާޅުވީ، އެމެރިކާއިން މިހާރު ތެޔޮ ސަރަހައްދުތައް ކޮންޓްރޯލްކުރާ ނަމަ، އޭގެ މަގްސަދަކީ އެމެރިކާގެ ކުންފުނިތަކަށް ސިޔާސީ ނުރައްކަލެއް ނެތި މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ހާއްސަ ސަރަހައްދެއް ގާއިމުކުރުން ކަމަށް ބެލެވޭ ކަމަށެވެ.
"ކުންފުނިތަކުގެ ހަރަދު ކުޑަކުރަން އެދެވޭ މަސައްކަތެއް ނުކުރޭ"
ނޭޓޯގެ ގައުމުތަކަށް ރަޝިއާއިން ހަމަލާއެއް ނުދޭނެ: ޓްރަމްޕް
އުފަން ދުވަސްތަކުގައި ކޭކު ފެޅުން ފެށިގެން އައީ ކިހިނެއް؟
