ހޮރްމުޒް ކަނޑުއޮޅި ހުޅުވާލެވިފައިވާ ކަމަށް ބުނެ އެމެރިކާއިން ކުރާ ދައުވާތައް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ ދޮގުކޮށްފަ އެވެ.
އީރާނުން ބުނި ގޮތުގައި އެމެރިކާއިން މިފަދަ ވާހަކަތައް ފަތުރަނީ ތެލުގެ އަގު ކޮންޓްރޯލް ކުރުމަށާއި، އެމެރިކާއަށް ކުރިމަތިވަމުންދާ ނާކާމިޔާބީތައް ފޮރުވުމަށެވެ.
އެ ކަނޑުއޮޅި ހުޅުވާލެވިފައިވާ ކަމަށް ރައީސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، އައިއާރުޖީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އީރާނުގެ ހުއްދަ ނެތި އެއްވެސް އުޅަނދަކަށް އެ ސަރަހައްދުން ދަތުރު ނުކުރެވޭނެ ގޮތަށް ކަނޑުއޮޅި ބަންދުކޮށްފައިވާކަން އެ ބަޔާނުގައި އަލުން ކަށަވަރު ކޮށްދީފައިވެ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތައް ހުއްޓާލައި، ވެފައިވާ އިގުރާރުތަކަށް އަމަލުކުރަން ފަށަންދެން މި ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޝިޕިން ދާއިރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ހޮރްމުޒް ކަނޑުއޮޅިން ދަތުރުކޮށްފައިވަނީ މުދާ އުފުލާ އެންމެ ހަތް އުޅަނދެވެ. މިއީ އޭގެ ކުރީ ދުވަހު ދަތުރުކުރި 17 އުޅަނދާ އަޅާބަލާއިރު ބޮޑު ދަށަށް ދިއުމެކެވެ. އަދި މިއީ އާންމުކޮށް ދުވާލެއްގެ މައްޗަށް ދަތުރުކުރާ 15 އުޅަނދުގެ އެވްރެޖަށްވުރެ މާ ދަށް އަދަދެކެވެ.
ޑޮލީގެ މަރާއެކު އޭނާގެ ލަވަތައް ޗާޓުތަކުގެ އެންމެ ކުރިއަށް!
ކަސްރަތު: ހިތާމައާއި ރުޅިވެރިކަމުން އަރައިގަންނަން މަގެއް؟
ނޭޓޯގެ ގައުމުތަކަށް ރަޝިއާއިން ހަމަލާއެއް ނުދޭނެ: ޓްރަމްޕް
