މާލޭގެ މަގުމަތީގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ، ހަތި، އުމުރުން 23 އަހަރުގެ ސާއިން އަބްދުލްގައްޔޫމެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 5:30 ހާއިރު، މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގަ އެވެ. އެ ވަގުތު އެ ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ސާއިން ވަނީ ފިލަން މަސައްކަތް ކޮށްފަ އެވެ. މި ހާދިސާގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރަށް އެކިވަރުގެ އަނިޔާތައް ލިބުނު ނަމަވެސް، ސީރިއަސް ޒަހަމްތަކެއް ލިބިފައެއް ނުވެއެވެ.
ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ސާއިން ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ބަންދަށް ދީފަ އެވެ.
މީގެއިތުރުން، އޭނާ ދުއްވި ސައިކަލު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައިވާއިރު، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެބައޮތް: އީރާން
އިސްތިހާރެއްގައި ކްރިތީ ބޭނުންކުރި ހެދުމެއްގެ ސަބަބުން ހޫނުފެނަށް
"ބަޓްވާރާ 1947" ފެއިލްވީ ފިލްމުގައި ސަނީއަކީ މުސްލިމަކަށް ވުމުން؟