ކުއެންޓިން ތަރަންޓީނޯގެ މަޝްހޫރު ފިލްމު "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް"ގައި ބްރެޑް ޕِޓް ކުޅުނު މަގުބޫލު ކެރެޓާ ކްލިފް ބޫތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމަށް ރަސްމީކޮށް ނަމެއް ދީފި އެވެ.
ނެޓްފްލިކްސް އުފައްދާ މި ފިލްމުގެ އެންމެ ފަހުގެ ހަބަރުތައް ބުނާ މި ފިލްމަށް ކިޔަނީ "ދަ ފާދާ މިސް-އެޑްވެންޗާސް އޮފް ކްލިފް ބޫތު" އެވެ.
އޮސްކާ އެވޯޑް ހޯދާފައިވާ ބްރެޑް ޕިޓް އަލުން މި ރޯލުން ފެނިގެންދާ މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ ކުއެންޓިން ތަރަންޓީނޯ އެވެ. ނަމަވެސް މި ފިލްމު ޑައިރެކްޓަރުގެ ގޮތުގައި މަސައްކަތް ކުރަނީ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ފިންޗާ އެވެ.
ފިލްމުގެ ވާހަކަ ބިނާ ކޮށްފައިވަނީ ފުރަތަމަ ފިލްމުގެ ހާދިސާތަކަށްފަހު 8 އަހަރު ފަހުން 1977 ވަނަ އަހަރު ހޮލީވުޑަށް އަންނަމުންދާ ބަދަލުތަކާއެކު ކްލިފް ބޫތު ކުރިމަތިލާ ކަންތައްތަކެއްގެ މައްޗަށެވެ.
މި ފިލްމު ސިނަމާތަކުގައި ދައްކަން ފެށުމުގެ ކުރިން، ނޮވެމްބަރު 25 ގައި އައިމެކްސް ސިނަމާތަކުގައި ދެ ހަފުތާގެ މުއްދަތަކަށް އަޅުވާނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.
އެއަށްފަހު، ޑިސެމްބަރު 23 ގައި ނެޓްފްލިކްސް މެދުވެރިކޮށް މުޅި ދުނިޔެއަށް ސްޓްރީމް ކުރަން ފަށާނެ އެވެ. ފިލްމުގެ ކާސްޓުގައި އެލިޒަބަތު ޑެބިކީ އާއި ސްކޮޓް ކާން ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.
ތަރަންޓީނޯގެ ސްކްރިޕްޓަކަށް ޑައިރެކްޓަރުގެ ގޮތުގައި ޑޭވިޑް މަސައްކަތްކުރާ މި ފިލްމަކީ ހޮލީވުޑްގެ ސިނަމާއާއި ސްޓްރީމިންގް ދާއިރާގައި މިހާތަނަށް އެންމެ ބޮޑަށް އިންތިޒާރު ކުރެވޭ އެއް ފިލްމެވެ.
އާ ކަލެކްޝަންއާއެކު "ހައުސް އޮފް ނަދާ"އަށް ކޮޕީރައިޓްގެ ތުހުމަތު!
"އާވާރާޕަން 2"އާއެކު އިމްރާން ވެސް 100 ކްރޯޑް ކްލަބަށް!
ނިއާގްރާ ފޯލްސް: ރޭގަނޑުގެ މުޅިން ތަފާތު ޖާދުވީ ތަޖުރިބާއެއް!