މާލޭ ބާޒާރުގައި ކުކުޅު ބިސް ހުސްވެ، ރީޓެއިލް ފިހާރަތަކުން ބިސް ވިއްކުން ކޮންޓްރޯލްކުރަން ފަށައިފި އެވެ.
އާންމުކޮށް ދިވެހީންގެ ކޭންބުއިމުގައި ދުވަހުން ދުވަހަށް ބޭނުންކުރާ އެންމެ އަސާސީ އެއް ބާވަތް ކަމަށްވާ ކުކުޅު ބިސް ބާޒާރުން ހުސްވާން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
މިކަމުގެ ސަބަބުން ރީޓެއިލް ފިހާރަތަކުން އާންމުންނަށް ބިސް ވިއްކަމުން ދަނީ ވަކި މިންވަރަކަށް ކޮންޓްރޯލް ކޮށްގެންނެވެ.
މާލޭގެ ބައެއް ފިހާރަތަކުން މައުލޫމާތު ދޭ ގޮތުގައި، ހޯލްސޭލްކޮށް ބިސް ގަންނަން މިހާރު އެއްވެސް ވަރަކަށް ނުލިބެ އެވެ. އެހެންކަމުން ސަޕްލައި މަދުވުމުގެ ސަބަބުން ގިނަ ފިހާރަތަކުން އެއް ކަސްޓަމަރަކަށް ވިއްކާ ބިހުގެ އަދަދު ވަނީ މަދުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ރާއްޖެއަށް އަސާސީ ކާބޯތަކެތި އެތެރެކުރާ އެސްޓީއޯ އަދި ބަނދަރުގެ ޚިދުމަތްތައް ބަލަހައްޓާ އެމްޕީއެލްއިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. މީގެ އިތުރުން ބިސް އެތެރެކުރުމުގައި ދިމާވެގެން އުޅެނީ ކޮން ކަހަލަ ދަތިތަކެއްކަން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުންވެސް އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
އައިކޮމްއަށް އަޒީޒު ޖަމާލު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
ފަޅުރަށް ދޫކުރުމުގެ ހުރިހާ ބާރެއް ރައީސަށް ދޭ ބިލު ފާސްކޮށްފި
