ލ. މާވަށުގައި މިދިޔަ އަހަރު ހިންގި ހަމަނުޖެހުމެއްގައި މީހަކު މަރާލި މީހާ މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ދެބަސްވުމެއްގެ ތެރެއިން އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމްގެ ކަރަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައިވަނީ އެ ހަމަލާއަށްފަހު މުހައްމަދު އަމަލުކުރި ގޮތާއި ހެކިންގެ ހެކިބަހަށް ބަލާއިރު އެއީ ގަސްދުގައި ދިން ހަމަލާއެއްކަން ސާބިތުވާ ކަމަށެވެ.
އެ މައްސަލާގައި ކޯޓުން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މަރުގެ މައްސަލައެއްގައި ގާތިލް އަމަލުކުރި ގޮތް މުހައްމަދު ލައްވައި ކުޅުވައިފަ އެވެ.
ގަސްދުގައި މީހަކު މެރުމުގެ ކުށް މުހައްމަދު މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި މޫސަގެ ހުރިހާ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ބުނެފައިވާތީ މުހައްމަދު މަރަން ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ.
އެ ހަމަނުޖެހުން ހިނގީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ސައުދީ ނިއުކްލިއާ އެއްބަސްވުން ޓްރަމްޕް ކޮންގްރެސްއަށް ފޮނުވައިފި
މިސް ވޯލްޑްގެ ޗެލެންޖެއްގެ އޭޝިއާގެ ގަދަ ފަހެއްގައި ރާއްޖޭގެ އީމާ
ޑޮލަރު މާރުކުރުމާ ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލައިފި
