ކެއިންބުއިމުގައި ލޮނު ބޭނުންކުރާ މިންވަރު ގިނަވުމަކީ ހަށިގަނޑުގެ ސިއްހަތަށް ނުރައްކާތެރި ކަމަކަށް ވެދާނެ ކަމެއް ކަމަށާއި، މިއީ ހަށިގަނޑުގެ އިލެކްޓްރޯލައިޓްސްގެ ބެލެންސް ގެއްލި ތަފާތު ނުރައްކާތެރި އަލާމާތްތައް ފެންނަން މެދުވެރިވާ ކަމެއް ކަމަށް ކިޑްނީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ވިކްރަމް ކަލްރާ ވިދާޅުވެއްޖެ އެވެ.
ދުވާލަކަށް ކެއުމުގައި ބޭނުންކުރަންޖެހޭ ލޮނުގެ މިންވަރު
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ލަފާޔާ އެއްގޮތަށް، ބޮޑު މީހަކު ދުވާލެއްގެ މައްޗަށް ކެއުމުގައި ބޭނުން ކުރަންވާނީ ފަސް ގްރާމް (ގާތްގަނޑަކަށް 1 ސަމުސާ) އަށްވުރެ މަދު މިންވަރެއްގެ ލޮނެވެ.
މި މިންވަރުގެ ތެރޭގައި ކާތަކެތި ތައްޔާރުކުރ އިރު އަޅާ ލޮނުގެ އިތުރުން ޕެކެޓް ކާނާއާއި، ރެސްޓޯރެންޓްތަކުން ތައްޔާރުކުރާ ކާނާގައި ހުންނަ ސޯޑިއަމްވެސް ހިމެނެ އެވެ.
ޑޮކްޓަރު ފާހަގަކުރާ ގޮތުގައި ގިނަ ފަހަރަށް މީހުންގެ ހަށިގަނޑަށް ގިނައިން ސޯޑިއަމް ވަންނަނީ މާ ބޮޑަށް ލޮނު ރަހަނުވާ، ޕެކެޓް ކާނާ އަދި އިންސްޓަންޓް ނޫޑްލްސް ފަދަ ތަކެތިންނެވެ.
ގިނައިން ލޮނު ކެއުމުން ފެންނަ އަލާމާތްތައް
ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ގިނައިން ލޮނު ކެއުމުގެ ސަބަބުން ފެނިދާނެ ބައެއް ނުރައްކާތެރި އަލާމާތްތަކުގެ ތެރޭގައި:
- ކުޑަކަމުދާ މިންވަރު ކުއްލިއަކަށް މަދުވުން.
- ހަށިގަނޑުގައި އާދަޔާހިލާފަށް ދުޅަތައް އުފެދުން.
- ކުޑަކަމުދާއިއރު ލޭ އައުން ނުވަތަ ލޭގެ އަސަރު ހުރުން.
- ނޭވާލާން އުނދަގޫވުން.
- ހަރަކާތްތެރިވެ އުޅުމަށް ދަތިވުން.
- މޭ ނުބައިކޮށް ހޮޑުލެވުން.
ހާއްސަ ސަމާލުކަމެއް ދޭންޖެހޭ މީހުން
ކިޑްނީގެ ބަލިތަކާއި، ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލަ ހުންނަ މީހުންނާއި، ހިތުގެ މައްސަލަހުންނަ މީހުން ނުވަތަ ކިޑްނީގައި ހިލަ އުފެދުމުގެ ތާރީހެއް އޮތް މީހުން ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރާ މެދު ވަރަށް ބޮޑަށް ސަމާލުވާންޖެ ހޭނެ ކަމަށް ޑރ. ކަލްރާ ވިދާޅުވި އެވެ.
ކާބޯތަކެތީގެ ރަހަ މީރުކުރުމަށް ލޮނުގެ ބަދަލުގައި ތާޒާ ޖަހައި ފަތްޕިލާވެލި، ލުނބޯ ހުތް އަދި ލޮނުމެދު ފަދަ ތަކެތި ބޭނުން ކުރުމަށް އޭނާ އިރުޝާދު ދެއްވާފައިވެ އެވެ.
ކްލޯއީ އެކްޓިންގެ ދާއިރާއިން ދުވަހަކު ވެސް ފެނިދާނެތަ؟
ބަރުދަން ލުއިކުރާ ބޭސް: ބުރުސޫރަ ރީތި ކުރަން ބޭނުން ކުރެވޭ!