ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ފުރަތަމަ ފަހަރަށް ކޮންގޯ އިން ހޯދައިފި އެވެ.
ކޮންގޯ އިން މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް ކޭ ގެ ފަހު މެޗުގައި މިއަދު އުޒްބެކިސްތާނާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރާ 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި ނަތީޖާ އާއިއެކު ކޮންގޯ އަށް ވަނީ ގްރޫޕް ކޭގައި ކުޅުނު ތިން މެޗުން ޖުމްލަ 4 ޕޮއިންޓާއެކު ތިންވަނަ މަގާމް ލިބިފަ އެވެ. އެހެންކަމުން އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބިފައިވަނީ ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން ގަދަ އަށެއްގައި ހިމެނިގެންނެވެ.
އެޓްލާންޓާ ސްޓޭޑިއަމްގައި ފަސްދޮޅަސް އަށް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓުގައި އުޒްބެކިސްތާނުގެ ޝޮމުރޮދޯވް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން އުޒްބެކިސްތާން ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ކޮންގޯގެ ޔޯން ވިސާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ 10 މިނިޓު ފަހުން މެޗުގެ 78 ވަނަ މިނިޓުގައި ފިސްޓަން މަޔޭލޭ ވަނީ އިތުރު ލަނޑެއް ޖަހާ ކޮންގޯއަށް މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދަދީފަ އެވެ.
ކޮންގޯއިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 90 މިނިޓު ހަމަވި ފަހުން ޔޯން ވިސާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ޕޯޗުގަލް އާއި ކޮލަމްބިއާ ބައްދަލުކުރި މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ.
އެހެންކަމުން މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ކޮލިފައިވެފައިވަނީ ކޮލަމްބިއާ އެވެ. ދެވަނައަށް ގޮސްފައިވަނީ ޕޯޗުގަލް އެވެ.
ހަމަނިދި ނުލިބުން: ހީކުރާ ވަރަށްވުރެ ނުރައްކާ ކަމެއް!
ޓީ-ޖެޓީ ކައިރިއަށް ދޯންޏެއް ފެތިއްޖެ