އެކުވެރި ދައުލަތްތަކުގެ ސެކިއުރިޓީ ކައުންސިލުގެ ގަރާރުން ތާއީދުކޮށްފައިވާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާޒާ ހަނގުރާމަ ނިންމުމުގެ ޕްލޭން ތަންފީޒުކުރުމުގެ ރޯޑްމެޕާ އިސްރާއީލުން ދެކޮޅުހެދި ދެކޮޅުހެދުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިސްރާއީލުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާ ދެކޮޅު ހެދުން ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށް އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އިސްރާއީލުގެ މި ނިންމުމަކީ ހަނގުރާމަ ނިންމުމަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުން ބުނީ ފަލަސްތީނުގެ ފަރާތުން މި ރޯޑްމެޕް ގަބޫލުކުރުމާ ހަމައަށް ސައޫދީ އަރަބިއްޔާ، ގަތަރު، މިސްރު، ތުރުކީ އަދި ބައިނަލްއަގުވާމީ ބައިވެރިން ކުރި ސުލްހައިގެ ހިކުމަތްތެރި މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ.

ގާޒާގައި އުފެދިފައިވާ ނުރައްކާތެރި އިންސާނީ ނިކަމެތިކަން ކުޑަކުރުމަށާއި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި އެމެރިކާގެ ޕްލޭން ލަސްކުރުމެއްނެތި ތަންފީޒުކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ. މީގެ އިތުރުން ގާޒާ އާރާސްތުކުރުމުގެ މަސައްކަތް ފެށުމަށް މިއީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

ރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކުގެ ދިފާއުގައި ކަމަށް އެ ބަޔާނުއިވެ އެވެ. އެގޮތުން އެކުވެރި ދައުލަތްތަކުގެ ގަރާރުތަކާ އެއްގޮތަށް، 1967 ވަނަ އަހަރުގެ ކުރީގެ އިންތަކުގެ މައްޗަށް އެކުލެވޭ، އިރުމަތީ ގުދުސް ވެރިކަން ކުރާ ރަށުގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ތާއީދުކުރެ އެވެ.