އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އިންތިޚާބުގައި މައްސަލަތަކެއް ދިމާވެ، ގދ. ފިޔޯރީގެ ވޯޓުފޮށި ހަލާކުކޮށްލައިފި އެވެ.
ގދ. ފިޔޯރީގައި ބަހައްޓާފައިވާ ވޯޓުފޮއްޓަށް ގެއްލުންދީ އެ ފޮށި ހަލާކުކޮށްލީ ވޯޓުލުމަށް އެ މަރުކަޒަށް ދިޔަ ބައެއް މީހުންގެ ނަންތައް އެތަނުގައި ބޭއްވިފައިވާ ލިސްޓުގައި ހިމެނިފައި ނުވުމުގެ ސަބަބުން އުފެދުނު ހަމަނުޖެހުމެއްގަ އެވެ. ވޯޓުފޮއްޓަށް ގެއްލުންދީ ފޮށި ފަޅާލާފައިވީ ނަމަވެސް، އެ މަރުކަޒުގައި ވޯޓުލުމުގެ ކަންކަން ހުއްޓުމެއްނެތި ކުރިއަށްއެބަދެ އެވެ.
މި އިންތިހާބުގައި މާލޭގައި ބަހައްޓާފައިވާ ގދ. އަތޮޅުގެ ދެވަނަ ވޯޓުފޮށީގެ ކައިރީގައި ވެސް ވަނީ ހޫނު ބަހުސްތަކެއް ހިނގާފަ އެވެ. މި ހަމަނުޖެހުން ފެށިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެފްއެސްއެމްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ގަސަމް ވޯޓުލާ މަރުކަޒަށް ވަދެވަޑައިގެން އޮފިޝަލެއްގެ އަތުން ވޯޓު ކަރުދާސްތަކެއް ނެންގެވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ. މަރުކަޒުގައި ވޯޓުލުމުގެ ކަންކަން ބަލަހައްޓަން ހުރި އޮފިޝަލަކު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ކުރީގެ އޮފިޝަލްގެ އަތުގައި ހުރި ވޯޓު ކަރުދާސްތަކުގެ ތެރެއިން 6 ކަރުދާސް ހިއްޕަވައިގެން ގަސަމް ބޭރަށް ވަޑައިގެންފައިވާ ކަމަށް އެތަނުގައި ތިބި މީހުން ތުހުމަތުކުރެ އެވެ.
މި ހާދިސާއާ ގުޅިގެން މާލޭގައި ހުރި އެ މަރުކަޒުގެ ވޯޓުލުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފަ އެވެ.
ގަސް ހެއްދުން: އުމުރު ދިގުވުމުގެ އިތުރުން ވެސް ގިނަ ފައިދާތަކެއް!
ގާލް ގެޑޮޓް މެޓް ގާލާއިން ނުފެންނަނީ ޑުއާލިޕާގެ ސަބަބުން؟
ސައުދީން އުފެއްދި ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވަނީ
