މިއަދު މި ގެނެސްދެނީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ އިޓާލިއަން ޑިޝްއެކެވެ. ރޯދަވިއްލަން މި ޑިޝްގެ އަޖުމަ ބަލާލުން ކިހިނެއް ވާނެތޯ އެވެ؟
ބޭނުންވާ ތަކެތި
- 2 ޖޯޑު ޕާސްތާ
- 500 ގ ބަރަބޯ (އޮށް ނަގާ ސާފުކޮށް 2 އިންޗި ބޮޑުމިނަށް ކޮށާފައި)
- 1 ފެން މަސްދަޅު (ފެން ހުސްކޮށް މަސްކޮޅު ޗިސްކޮށްފައި)
- 300 ގ ސަވަރ ކްރީމް
- 1 ޖޯޑު ޗެއްޑަރު ޗީޒް (ގާނާފައި)
ތައްޔާރުކުރާނެ ގޮތް
- ހޫނު ފެން ތެއްޔެއްގައި 7 މިނެޓު ވަންދެން ކައްކާށެވެ. އެއަށްފަހު ބަރަބޯކޮޅު އަޅައި އިތުރު 5 މިނެޓު ވަންދެން ކައްކާށެވެ. ޕާސްތާކޮޅާއި ބަރަބޯކޮޅު ރަނގަޅަށް މަޑުވުމުން ފެންފޮދު ރީއްޗަށް ފުރާނާލާށެވެ.
- 350 ޑިގްރީ ސެލްސިއަސް ގައި އަވަން ޕްރީ ހީޓް ކުރާށެވެ. އަދި ތެއްޔަށް ޕާސްތާ، ބަރަބޯ، މަސްކޮޅު، ސަވާ ކްރީމް އަދި ½ ޖޯޑު ޗީޒް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
- ހެޔޮވަރުގެ ޓްރޭއެއްގައި އެއްކުރި މަސްގަނޑު އެއްވަރަށް ފަތުރާލުމަށްފަހު ބާކީ ހުރި ޗީޒްކޮޅު އޭގެ މައްޗަށް ބުރުވާލާށެވެ. އަދި އަވަނުގައި 10 މިނެޓު ފިހެލާށެވެ. ކައިރިއަށް މަޑު ރަންކުލަ އެއް އެރުމުން ބޭނުންވަރަށް ފިހެވުނީ އެވެ.
ރޯދަވީއްލާ ގަޑިއަށް ނުވަތަ ހާރުދަމަށް ސުފުރާއަށް އިންސާފު ކުރައްވާށެވެ. އާއިލާގެ ހުރިހާ އެންމެންނަށް ކަމުދާނެ އެވެ.
ހަކުރުބަލި ކޮންޓްރޯލް ކުރަން މުޅިން ތަފާތު އުކުޅުތަކެއް!
މަމްދާނީއަށް ވޯޓު ނުދީ ކޫމޯއަށް ވޯޓު ދޭން ޓްރަމްޕް އެދެފި
މުނިފޫހި ފިލުވުމާ ބެހޭ ދެތިން ކަމެއް!
ރޯދަ މަލާފަތްު: ލެމަން ބަޓާ ޗިކަން
ރޯދަ މަލާފަތް: ޗިލީ މެކް އެންޑް ޗީޒް
ރޯދަ މަލާފަތް: ޗީޒް ބޯލްސް
ރޯދަ މަލާފަތް: ޗިލީ ގާލިކް ޕްރޯންސް
ރޯދަ މަލާފަތް: ބޭކްޑް ސްޕެގެޓީ