މިއީ ހަދާލަން ފަސޭހަ އަނގައަށް މީރު ޑިޝްއެކެވެ. އާއިލާގެ ކޮންމެ މެމްބަރަކަށްވެސް ކަމުދާނެ ޑިޝްއެކެވެ. މާދަމާ ރޯދަވީއްލަން މިޑިޝް ހަދާލުން ކިހިނެއް ވާނެ ހެއްޔެވެ؟
ބޭނުންވާ ތަކެތި
- 2 ޖޯޑު ސްޕެގެޓީ (ޕެކެޓުގައިވާ ގޮތަށް މަޑުކޮށް ފުރާނާފައި)
 - 500 ގ ގްރައުންޑް ބީފް
 - 2 ފިޔާ (ތުނިކޮށް ކޮށާފައި)
 - 3 ލޮނުމެދު (ތުނިކޮށް ކޮށާފައި)
 - 3 މޭޒުމަތީ ސަމުސާ މެރިނާނާ ސޯސް
 - 1 މޭޒުމަތީ ސަމުސާ ބޭސިލް ލީވްސް
 - 3/1 ޖޯޑު ޕާމަސީން ޗީޒް
 - 3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
 - ލޮނު (ރަހަލާވަރަށް)
 - މުގުރި އަސޭމިރުސް (ރަހަލާވަރަށް)
 
ހަދާނެ ގޮތް
- ތެއްޔަކަށް ބީފް އެޅުމަށްފަހު ގަދަ ގިނީގައި ރަނގަޅަށް ރޯފިލުވާށެވެ. ކެކުމުން އުނދުން މަތިން ބާލާ ތަށްޓަކަށް ބީފްކޮޅު އަޅާށެވެ.
 - ހަމަ އެތެލީގައި ތެލާއި ބަޓަރު ކައްކާލުމަށްފަހު ފިޔާކޮޅު އެއްކޮށް 5 މިނެޓު ކައްކާށެވެ. އަދި ލޮނުތެދުތައް އަޅައި އިތުރު 1 މިނެޓު ކެއްކުން ކުރިއަށް ގެންދާށެވެ.
 - ކެއްކި ބީފް ކޮޅާއި މެރިނާނާ ސޯސް، ބޭސިލް އަދި ޕާމަސީން ޗީޒު ތެއްޔަށް އެޅުމަށްފަހު ރަނގަޅަށް އެއްކުރާށެވެ. އަދި ލޮނާއި އަސޭރިމުސް އަޅައި ރަހަ ހެޔޮވަރު ކުރާށެވެ.
 - ސްޕެގެޓީކޮޅު ސޯސްގަނޑުގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
 - ޓްރޭއެއްގައ ބޭކިން ޝީޓްސް އެޅުމަށްފަހު ސްޕެގެޓީކޮޅު އޭގެ ތެރެއަށް ފަތުރާލާ ހަމަ ކުރާށެވެ. އަދި މައްޗަށް ޕާމަސީން ޗީޒް ބުރުވާލާށެވެ.
 - 175 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނުކޮށް 30 މިނެޓު ވަންދެން އަވަނުގައި ފިހެލާށެވެ.
 
މިއާއެކު އަހަރުމެންގެ ބޭކަޑް ސްޕެގެޓީ ހަދާ ނިމުނީ އެވެ. މި ޑިޝް ތައްޔާރުކޮށް ތިބޭފުޅުންގެ ސުފުރާ ފުރިހަމަ ކޮށްލައްވާށެވެ.
			ބޮލީވުޑް ތަރިންގެ މާޒީއަށް ނަޒަރެއް!
		
			ހުޅުމާލެ ވަކި ސިޓީ ކައުންސިލެއް ހެދުމަށް އެދި ގަރާރެއް ހުށަހަޅަނީ
		
			މަމްދާނީއަށް ވޯޓު ނުދީ ކޫމޯއަށް ވޯޓު ދޭން ޓްރަމްޕް އެދެފި
		
								
								
				ރޯދަ މަލާފަތް: އިޓާލިއަން ބީފް މީޓްބޯލްސް
				
				ރޯދަ މަލާފަތް: ހުތް މަސް ކާށި
				
				ރޯދަ މަލާފަތް: ޓޫނާ ޕާސްތާ ބޭކް
				
				ރޯދަ މަލާފަތް: ހަނީ ސޯއި ޗިކަން
				
				ރޯދަ މަލާފަތް: ކްރީމީ ގާލިކް ޕްރޯންސް