ސީފުޑް ކަމުދޭ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ މިއަދު މިގެނެސްދޭ ޑިޝްއަކީ ތިޔަބޭފުޅުންގެ ސުފުރާމަތި އިތުރަށް ފަޅުފިލުވައިދޭނެ ޑިޝްއެކެވެ.
ބޭނުންވާ ތަކެތި
- 2 މޭޒުމަތީ ސަމުސޮ އޮލިވް އޮއިލް
- 80 ގ ބަޓަރު
- 4 ލޮނުމެދު (ތުނިކޮށް ދިގުކޮށް ކޮށާފައި)
- 2 ރަތް ތޮޅި މިރުސް (ކޮށާފައި)
- 1 ކގ ޕްރޯންސް (ނިގުލާއެކު ސާފު ކޮށްފައި)
- 2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
- 3 ސައި ސަމުސާ ލުނބޯތޮށި (ގާނާފައި)
- ¼ ޖޯޑު ކޮތަނބިރި ފަތް (ކުދިކޮށް ކޮށާފައި)
- ލޮނު (ރަހަލާވަރަށް)
- މުގުރި އަސޭމިރުސް (ރަހަލާވަރަށް)
ތައްޔާރުކުރާނެ ގޮތް
- ބޮޑު ތަވައެއްގައި ތެލާއި ބަޓަރު ހޫނުކުރުމަށްފަހު ލޮނުމެދާއި މިރުސްކޮޅު މަޑުކުރާށެވެ. ރަނގަޅަށް މަޑުވުމުން ޕްރޯންސް އަޅައި ލޮނާއި އަސޭމިރުހާއެކު ރަހަ ހެޔޮވަރު ކުރާށެވެ. އަދި ޕްރޯންސްކޮޅު ރޯފިލަނުދެން ކައްކާށެވެ.
- ލުނބޯ ހުތާއި ލުނބޯތޮށި އަދި ކޮތަނބިރި ފަތްކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި އިތުރު 5 މިނެޓު މެޑު ގިނީގައި ކައްކާލާށެވެ.
ބަތް ނުވަތަ ރޮށްޓާއެކު ސައިޑް ޑިޝްއެއްގެ ގޮތުގައި ސުފުރާއަށް އިންސާފު ކުރައްވާށެވެ.
އޮފީސް ވަޒީފާތަކުގެ އަނދިރި ފަރާތް!
ކަށި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވާލާ ގަރާރެއް
"ނަސްރުގެ ދުވަސް ފާހަގަކުރަމުން އައީ ކަޓުގޮތަކަށް"
ރޯދަ މަލާފަތް: ބޭކްޑް ސްޕެގެޓީ
ރޯދަ މަލާފަތް: އިޓާލިއަން ބީފް މީޓްބޯލްސް
ރޯދަ މަލާފަތް: ހަނީ މަސްޓަޑް ޗިކަން
ރޯދަ މަލާފަތް: ހުތް މަސް ކާށި
ރޯދަ މަލާފަތް: ޓޫނާ ޕާސްތާ ބޭކް