އީދު ބަންދުގައި ވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކަނޑު ގަދަވާނެ ކަމަށެވެ. އެހެން ނަމަވެސް ހޮނިހިރުން ފެށިގެން ދަތުރު ކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ މިމަހުގެ 24،23 އަދި 25 ވަނަ ދުވަހު ދަތުރު ކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެ ކަމަށެވެ. އަދި އީދު ބަންދު ތެރޭގައި އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ވައިގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ މިދުވަސްވަރު ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން އަންނަނީ، އެކި ހިސާބުތަކަށް ސަމާލު ވެސް ނެރެމުންނެވެ. އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، އެ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފަ އެވެ. މި ސަމާލު ނެރެފައި ވަނީ މެންދުރު 12:00 އިން އިރުއޮއްސި 6:00 އަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ. އަދި ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 6-3 ފޫޓުގައި ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވާރޭވެހިފައި ވަނީ، ޅ. އޮޅުވެލިފުއްޓަށެވެ. އެރަށަށް 11.4 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
މަރުވި ޑައިވަރުން ގެންގުޅުނު ގޯޕްރޯތައް ކަނޑުއަޑިން ނަގައިފި
އިޒްރޭލްގެ ފިނޭންސް މިނިސްޓަރު ހައްޔަރުކުރަން އެދިއްޖެ