މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވުމުގެ ކުރިން ހުރިހާ މަޝްރޫއެއް ނިންމައި ހައްގުވެރިންނަށް ތަންތަން ހަވާލުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދައުރު ނިމޭއިރު މަޝްރޫއުތައް ނިންމައި، ރައްޔިތުންނަށް އަމަލީ ގޮތުން އެ ތަންތަނަށް ވަދެވޭވަރު ކުރުން ކަމަށެވެ. މިއީ ރާއްޖޭގެ ސަރުކާރަކުން މިހާތަނަށް ކޮށްފައި ނުވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ރަސްމާލެއިން ދޫކުރާ 15,000 ގޯއްޗާއި މާލެ ސަރަހައްދުން ދޭ 7,800 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މި އަހަރުގެ ނިޔަލަށް އިއުލާން ކުރައްވާނެ ކަމަށެވެ. އަދި ރަސްމާލެ ހިއްކުމުގެ މަސައްކަތް މި އަހަރު ނިމޭއިރު ނިމޭނެ ކަމަށާއި، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޯތިތައް މިހާރު ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. އަދި ހުޅުމާލެ ތިންވަނަ ފިޔަވައްސާއި ގުޅީފަޅުން ދޫކުރި ގޯތިތައް ހަވާލުކުރުމުގެ ތައްޔާރީތައް ވަމުންދާ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ހަކުރު ބަލި: ނޭނގި ހުއްޓާ ދިރިއުޅުން ހަލާކު ކޮށްލާ ބައްޔެއް!
އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދީފި