ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާއަށް ދައުވަތު ލިބިވަޑައިނުގަންނަވާތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ހިތާމަ ފާޅުކުރައްވައިފި އެވެ.
މިއަދު މާލޭގެ ސޯޝަލް ސެންޓަރުގެ ހޯލުގައި ބޭއްވި މި ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން ދައުލަތުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޖަލްސާއަށް ދައުވަތު ލިބިވަޑައިނުގަތުމާ ގުޅިގެން ނަޝީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މިއީ އެމަނިކުފާނު މަދަރުސާއަށް ވަން ފަހުން މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ދައުވަތު ނުލިބޭ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުގައި ޖަލުގައި ބަންދުކޮށްފައި ހުރި ދުވަސްވަރު ވެސް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު ލިބިވަޑައިގެންނެވިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިއަދުގެ ޖަލްސާގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އަރުވާފައިވާއިރު، ހަތަރު ބޭފުޅަކަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު ވަނީ އަރުވާފަ އެވެ.
އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދީފި
ބޭހުގެ މައްސަލަ ތިން މަސް ތެރޭ ހައްލުވާނެ: ރައީސް