ދިވެހި "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓް" ޕްރިންޓް ކުރުމަށް ބޭނުންވާ ބައެއް ސާމާނު ނުގެނެވި ލަސްވެގެން، އެ ފަދަ ޕާސްޕޯޓު ދޫކުރުން މެދުކަނޑާލައިފި އެވެ.
މިފަދަ މައްސަލައެއް މީގެ ކުރިން ދިމާވި ކަމެއް އެނގިފައެއް ނުވެ އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ނުގެނެވި ލަސްވަނީ، އީ- ޕާސްޕޯޓް ޕްރިންޓު ކުރުމަށް ބޭނުން ކުރާ "ޕާސްޕޯޓް ބުކްލެޓް"ގެ ސްޓޮކް ކަމަށެވެ. އެހެންވެ، މާދަމާއިން ފެށިގެން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ މީހުންނަށް ދެން ދޫކުރާނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް" ކަމަށް އެ އިދާރާ އިން ބުންޏެވެ.
މިގޮތަށް ނިންމީ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމުގެ ބޭނުމަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ނޮން- އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އައިކާއޯ)ގެ މިންގަނޑުތަކާ އެއްގޮތް އެއްޗެކެވެ.
މިއީ ވެސް ފަސް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.
ޕީއެސްއެމްގެ ގުދަނުގައި ހުރީ އަމިއްލަ ކުންފުނީގެ ތަކެތި: ޝުޖާއު
އަހަރެން އަދި މަރެއް ނުވޭ: ޝަކްތީ
