ބައެއް ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގަމުންދާ ކަމަށް ވިދާޅުވެ، އެފަދަ ޕާޓީތައް އުވާލަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް މިއަދު ގޮވާލައްވައިފި އެވެ.
މުސްތަފާ މިކަމަށް ގޮވާލާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދި ޕީއެންއެފް އިން ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނެފައި ވަނިކޮށެވެ.
ސިޔާސީ ޕާޓީތަކުން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާ ކަަމަށް ތުހުމަތުކޮށް، އެފަދަ ހަރަކާތްތައް ހުއްޓުވަން ގޮވާލައި، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ހުށަހެޅި ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި މުސްތަފާ ވިދާޅުވީ ސިޔާސީ ޕާޓީތަކުން ކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބުނާ ގިނަ ކަންތައްތަކެއް ޕާޓީތަކުން ކުރަމުންދާ ކަަމަށެވެ.
އެގޮތުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމާއި އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް ވާހަކަދެއްކުން ފަދަ ކަންތައްތައް ޕާޓީތަކުން ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕާޓީތަކުގެ ގާނޫނާ ހިލާފަށް އެކަން ކުރާ ކަމަށް ވަންޏާ އަަޅުގަނޑުމެން އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ. މިކަންތައްތަކާ ހިލާފުވާ ނަމަ ހަގީގަތުގައި ކޯޓުއަމުރެއް ނެރެގެން، އެބަ ޖެހޭ މިޕާޓީތައް އުވާލަން ވެސް، ޕާޓީ އުވާލަން ޖެހޭ އިނގޭތޯ، ގާނޫނާ ހިލާފަށް، ގާނޫނުއަސާސީއާ ހިލާފަށް ހިންގާ ޕާޓީތައް، މިއަދުން މިއަަދަށް އެބަ ޖެހޭ އުވާލުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ވައްދަން،" މުސްތަފާ ވިދާޅުވި އެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަަދު ހުށަހެޅުއްވި ގަރާރުގައި ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަން އަމާންކަން ގެއްލެމުންދާ ކަމަށް ބުނެފައިވެ އެވެ.
ފަހަކަށް އައިސް ޕީއެންއެފް އިން އަންނަނީ ކޮންމެ ރެއަކު އާޓިފިޝަލް ބީޗް ސަރަހައްދުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތައް ޗެނަލް 13 އިން ލައިވްކުރުން ހުއްޓާލަން މީޑިއާ ކޮންޓްރޯލްކުރަން ހެދި ކޮމިޝަނުން ވަނީ އަންގާފަ އެވެ.
ޗެއާޕާސަންގެ އިންތިހާބުގެ ޓައިމްލައިން ބާތިލްކޮށްދިނުމަށް ކޯޓަށް
