ފ. ފީއަލީގައި ގެއެއްގެ ފުރާޅު ސާފުކުރަން އުޅުނު އެއްބަނޑު އެއްބަފާ ދެބެއިން ކަރަންޓުގައި ޖެހިއްޖެއެވެ.
ފީއަލީ ކައުންސިލްގެ މެންބަރަކު ވިދާޅުވީ އެ ދެބެއިން ކަރަންޓުގައި ޖެހުނީ އެމީހުން ދިރިއުޅޭ ގޭގެ ފުރާޅު ސާފުކުރުމަށް ފަހު ފައިބަން އުޅުމުގެ ތެރޭގައި ގޭގެ ބޭރަށް، މަގުގައި ހުރި ހޮޅިދަނޑިއެއްގައި އަތްލިތަނާ ކަމަށެވެ.
ކަރަންޓުގައި ޖެހުމާ އެކު ދެ މީހުން މަގުމައްޗަށް ވެއްޓުނީއެވެ. ވެއްޓުނު ގަޑީގައި އެކަކުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.
މި ހާދިސާގައި އަނިޔާވީ 27 އަހަރުގެ ފިރިހެނަކަށާއި 23 އަހަރުގެ ފިރިހެނަކަށެވެ. އިތުރު ފަރުވާއަށް އެ ދެ މީހުން މިހާރު ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ސޯޝަލް މީޑިއާ: ގުޅުންތައް ބަދަހިކުރަނީތަ ނުވަތަ ރޫޅަލަނީތަ؟
އީރާނުން 21 މީހަކަށް މަރުގެ އަދަބު ދީފި
އިރާނުގެ ތެޔޮ ގަތުން ހުއްޓާލަން ޗައިނާއަށް ޓްރަމްޕްގެ އިންޒާރެއް
