ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މާލެ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިން މެންޓަލް ހޮސްޕިޓަލް އަޅަން ސަރުކާރުން ނިންމީ ލ. ގަމުގަ އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ލ. ގަމުގައި އަޅަން ނިންމި ހޮސްޕިޓަލް ކެންސަލްނުވާ ކަމަށާއި އެކަމަށް ފަހުން ގޮތެއް ނިންމާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ބޭރުގެ ލޯނު ހަމަޖެހުން ލަސްވާތީ، ހޮސްޕިޓަލްގެ މަސައްކަތްތައް އަވަސްކުރުމުގެގޮތުން ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން މެންޓަލް ހޮސްޕިޓަލެއް އަޅަން ނިންމީ ކަމަށެވެ.
"މި މައްސަލަ [ނަފްސާނީ ސިއްހަތު] ރާއްޖޭގައި ވަރަށް ބޮޑު. އިތުރު އެހީތެރިކަމެއް ބޭނުންވާ ހިސާބަށް ގޮސްފައިވާ ބޮޑު މައްސަލައަކަށް ވާތީ އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފައި ސަރުކާރުގެ ބަޖެޓުން ސީދާ މެންޓަލް ހެލްތު ފެސިލިޓީ، ހޮސްޕިޓަލް އަޅަން ނިންމީ،" ރައީސް ވިދާޅުވި އެވެ.
ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހުން ގިނައީ މާލޭގައި ކަމަށާއި ޖެނުއަރީ 1 އިން ފެށިގެން އޭޕްރީލް 24އާ ހަމައަށް އެ ބައްޔަށް މާލެއިން 8،125 މީހުން ފަރުވާ ހޯދާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ޕްރޮޖެކްޓު ވަރަށް އަވަހަށް އެ އޮންނަ ޕްރޮކިޔުމެންޓު ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދާނަން،" އެ =މަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން މެންޓަލް ހެލްތާ ގުޅޭ ބިލެއް މަޖިލީހަށް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި
ބޮޑު ބަދަލާއި އެކު ކުރިމަތިލާން ޖެހޭނީ 2023 ގެ ނާކާމިޔާބީއާ
ވޯލްޑް ކަޕްގައި އީރާނަށް ކުޅެވޭނެ، އެއްވެސް ހުރަހެއް ނެތް: ރޫބިއޯ
