ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ނަތީޖާ އެއްވަރުވި ފަސް ގޮނޑީގެ އިންތިހާބު މިއަދު ބޭއްވިއިރު، އޭގެ ތެރެއިން ތިން ގޮނޑި، ޕީއެންސީން ކާމިޔާބުކޮށް، އިދިކޮޅު އެމްޑީޕީއަށް އެއް ގޮނޑި އަދި އަމިއްލަ ކެންޑިޑޭޓަކަށް އެއް ގޮނޑި ލިބިއްޖެ އެވެ.
މިއަދު އޮތް ދެވަނަ ބުރުގެ ވޯޓުގައި ހއ. ކެލާ އަންހެނުންގެ ކޮމިޓީގެ ރައީސްކަން ޕީއެންސީ ކެންޑިޑޭޓު ހައްވާ ފަޒްނާ ވަނީ ކާމިޔާބުކޮށްފަ އެވެ. ލ. މާވަށް އަންހެނުންގެ ކޮމިޓީގެ މެންބަރުކަން ވެސް ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު ޝަފިއްޔާ ވަނީ ކާމިޔާބުކޮށްފަ އެވެ. ހދ. ނޭކުރެންދޫ އަންހެނުންގެ ކޮމިޓީގެ މެންބަރުކަން ވެސް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު ރިއުޒާ އެވެ.
ޕީއެންސީން ދެން ވާދަކުރި، ފުވަމުއްލަކު ދަނޑިމަގު ދާއިރާގެ އަންހެނުންނަށް ހާއްސަ ގޮނޑިން ކާމިޔާބެއްނުވި އެވެ. އެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ކެންޑިޑޭޓު، ޝިޒާ އިބްރާހީމް އެވެ.
ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ރަފާހް އެވެ.
ސަރުކާރު ޓެކްސީން އަގު ނަގަން ފަށައިފި
ހަނދާނާއި މާޒީގެ ތެރެއިން އިންސާނާގެ ބުއްދި އޮޅުވާލާ އޮޅުވާލުން!
ޕީއެންސީގެ އެސްޖީ ކަމުން މުއާޒު އިސްތިއުފާ ދެއްވައިފި
