ކަންފަތުގެ ބައްޔެއްގެ ސަބަބުން ބޮލީވުޑްގެ ކާމިޔާބު ލަވަކިޔުންތެރިއެއް ކަމަށްވާ އަލްކާ ޔާގްނިކް ލަވަކިޔުމާ ދުރަށް ދާން ނިންމާފައިވާ ކަމަށް އިއުލާން ކޮށްފި އެވެ.
ދާދި ފަހުން އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަލްކާ ބުނީ އޭނާގެ ހާލު އެހާ ރަނގަޅު ނޫން ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ މަސައްކަތަށް ބުރޫ އަރާފައިވާ ކަމަށެވެ.
އެގޮތުން އާ ލަވަތަކުގެ ހުށައެޅުންތައް ލިބެމުން އައި ނަމަވެސް މި ވަގުތު އޭނާ ހާލު ހުރި ގޮތުން އާ ލަވަތައް ނެގުން ހުއްޓާލާފައިވާ ކަމަށް އަލްކާ ބުންޏެވެ.
އަލްކާގެ ކަންފަތަށް އަނިޔާވީ މީގެ އަހަރުތަކެއް ކުރިން މަތިންދާ ބޯޓަކުން ފައިބަން އުޅެނިކޮށެވެ. އެވަގުތު އޭނާގެ ކަންފަތަށް އިވުން އިރުކޮޅަކަށް މެދުކެނޑުނު ކަމަށް އަލްކާ ބުނެފައިވެ އެވެ.
އޭގެ ފަހުން ޑޮކްޓަރަކަށް ދައްކައި ހެދި ޓެސްޓުތަކުން އޭނާއަށް "ސެންސަރީ ނިއުރަލް ނާވް ހިއަރިން ލޮސް" ކިޔާ ބައްޔެއް ޖެހިފައިވާކަން އެނގުނެވެ.
އަލްކާ އިތުރަށް ބުނީ މިވަގުތު އޭނާ މަސައްކަތް ކުރަނީ އެ ބަލިން އަަރައިގަނެ ވީހާވެސް އަވަހަކަށް މަސައްކަތަށް އަނބުރާ ރުޖޫއަ ވުމަށް ކަމަށެވެ.
އަލްކާއަކީ 90ގެ އަހަރުތަކުން ފެށިގެން ބޮލީވުޑްގައި ހަރަކާތްތެރިވާ އަންހެން ލަވަކިޔުންތެރިންގެ ތެރެއިން އެންމެ ފުންނާބު އުސް އެއް ލަވަކިޔުންތެރިޔާ އެވެ.
ބީއެމްއެލްގެ އެންއޯޕީ ހުރީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި
ހަނގުރާމަ ދިގުދަންމަން ޓްރަމްޕް ދަނީ މަގުފަހިކުރަމުން
ރެކޯޑު އަދަދަކަށް ރާއްޖެއަށް މުދާ އެތެރެކުރަން ހުއްދަ ދީފި