ހުޅުމާލޭގައި ދަމާފައިވާ އެމްޑީޕީގެ ކެމްޕޭން ބެނާތައް ނަގައި އެޗްޑީސީން ހަލާކުކޮށްލައިފި އެވެ.
މަންޒަރުދުށް ބައެއް މީހުން ވަނީ "ހުރިހާ"އަށް މިކަން ކަށަވަރުކޮށްދީފަ އެވެ.
ބެނާތައް ނަގާ މަންޒަރު ފެންނަ ވީޑީއޯއެއް "ދައުރު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިނު ނާޒިމް ވަނީ އެކްސްގައި އާންމުކޮށްފަ އެވެ.
މަންޒަރު ފެނުނު މީހުން ބުނީ ރޭ ފަތިސް ނަމާދު ވަގުތު އެޗްޑީސީގެ މުވައްޒަފުންތަކެއް ގޮސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ދަމާފައިވާ އެމްޑީޕީގެ ބެނާތައް ނަގައި ހަލާކުކޮށްލާފައިވާ ކަމަށެވެ.
މިއީ ދުވަހަކު ވެސް އެޗްޑީސީން އަމަލުކުރި ގޮތެއް ނޫނެނެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވަނީ އިންކާރުކޮށްފަ އެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބެނާތައް ނެގީ ހުއްދަ ނުނަގައި ދަމާފައި ހުރުމުން ކަމަށެވެ. އެކަމަކު އެ ކުންފުނިން އެމްޑީޕީއަށް ބެނާތައް ހަރުކުރަން ހުއްދައެއް ނުދިނެވެ. ހުއްދަ ދިނީ ހަމައެކަނި ވެރިކަންކުރާ ޕީއެންސީއަށެވެ.
މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އެޗްޑީސީއަށް އަމާޒުވަމުންނެވެ.

ހަމަލާއަކާ ގުޅިގެން ދުބާއީ އެއާޕޯޓުން ފްލައިޓްތައް ކެންސަލްކޮށްފި
ދަރިއަކު ލިބުމުން ހޮލީވުޑް ދޫކޮށްލާނަން: ޓޮމް
