އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި، ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރެފެރެންޑަމްއާ ގުޅިގެން ހުރި ކަންބޮޑުވުންތައް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށްފި އެވެ.
އެމްޑީޕީން އިންތިހާބާއި ގުޅިގެން އެ ޕާޓީގެ ހުރި ކަންބޮޑުވުންތައް އިލެންޝަނާއި ހިއްސާކުރީ އެ ކޮމިޝަންއާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ކެމްޕެއިން މެނޭޖަރު އަލީ ނިޔާޒް ވިދާޅުވީ ވޯޓު ބާތިލުވުމާ ގުޅޭ ގޮތުންނާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބެހެއްޓުމަށް ނިންމާފައިވާ ނިންމުމާ މެދު އެ ޕާޓީގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. މީގެ އިތުރުން ރިފެރެންޑަމްއާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި، ވޯޓު ބާތިލުވާ ގޮތާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމާ ގުޅޭގޮތުން އަލުން ވިސްނާނެ ކަމަށް ކޮމިޝަނުން ބުނި ނަމަވެސް، ރިފެރެންޑަމްއަށް ރައްޔިތުން ހޭލުންތެރިކުރުން އެއީ ކޮމިޝަނުގެ މައްޗަށް ލާޒިމުކަމެއް ނޫން ކަމަށް ބުނެފައި ވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ ޓީވީ ޕްރޮގްރާމްތަކާއި ރަށްރަށުގައި ހިންގާ ހަރަކާތްތަކުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެމްޑީޕީން ގަބޫލުކުރާ ގޮތުގައި އެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަސް ދުވެއްޔެއްގަ އެވެ.
މީގެ އިތުރުން، ވޯޓު ގުނުމުގެ ތަރުތީބަށް ބަދަލު ގެނައުމަށް ވެސް އެމްޑީޕީން ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ކައުންސިލް އިންތިހާބުގެ ވޯޓު ގުނުމުގެ ކުރިން ރެފެރެންޑަމްގެ ވޯޓު ގުނުމަށް އެ ޕާޓީން އެދިފައިވެ އެވެ.
"ކައުންސިލް އިންތިހާބުގެ ވޯޓު ގުނައި ނިމޭނީ ދަންވަރު ކަމުން، ދަންވަރު ރެފެރެންޑަމްގެ ވޯޓު ގުނުމަކީ ނުބައި ނިޔަތެއްގައި ކުރާ ކަމެއް،" އަލީ ނިޔާޒް ވިދާޅުވި އެވެ.
ކުރިއަށް އޮތް މި އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވާއިރު، މުޅި ރާއްޖޭގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ގަ އެވެ.

ތެލުގެ އަގު 100 ޑޮލަރަށް އުފުލި ހިއްސާގެ ބާޒާރުތައް ދަށަށް
ހަނގުރާމާގައި 140 އެމެރިކާ ސިފައިން ޒަހަމްވެއްޖެ
އެއާޕޯޓުން ޑޮލަރު ފޭރުނު 8 މީހަކަށް ދައުވާ ކޮށްފި