އީރާނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވަމުންދާ މިސައިލްތަކުގެ ތެރެއިން ގިނަ މިސައިލްތަކެއް މިހާރު އިސްރާއީލުގެ އެކި ސަރަހައްދުތަކަށް އަރަމުންދާ ކަމަށް އިޒްރޭލުގެ މިިންޓްޕްރެސް ނިއުސް އިން ރިޕޯޓްކޮށްފި އެވެ. މި ހަމަލާތަކަކީ ފަހުގެ ތާރީހެއްގައި އިޒްރޭލަށް ކުރިމަތިވި އެންމެ ވަރުގަދަ ހަމަލާތަކުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
މި ހަމަލާތަކާ ގުޅޭ މައުލޫމާތު އާންމުވިޔަ ނުދިނުމަށް އިޒްރޭލު ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިސައިލްތައް އަރާ މަންޒަރު ވީޑިއޯކޮށް އާންމުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިޒްރޭލުން ވަނީ އެ ގައުމުގެ ރައްޔިތުންނަށް ދީފަ އެވެ.
މި އިންޒާރުތަކާ ގުޅިގެން، މިހާރު އާންމުވަމުންދާ ވީޑިއޯތަކުން ފެންނަނީ ހަމައެކަނި ހަމަލާގެ ކުރިން ނުވަތަ ފަހުން އުޑުމަތި އޮތް ގޮތުގެ މަންޒަރުތަކެވެ. މިސައިލްތައް އަމާޒަށް ވާސިލްވާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް އާންމުވުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
އިޒްރޭލުގެ ރަސްމީ ފަރާތްތަކުން ބުނަމުންދަނީ ހުރިހާ މިސައިލްތަކެއް ކަހަލަ ގޮތަކަށް ވައިގެ ތެރޭގައި ނައްތާލެވިފައިވާ ކަމަށާއި، ނުވަތަ ހުސްބިންތަކަށާއި ކަނޑަށް ވެއްޓިފައިވާ ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުތަކުގައި ތިބި މީހުންނާ ހަވާލާދީ ލިބޭ ރިޕޯޓްތަކުން އެނގޭ ގޮތުގައި، މިސައިލްތައް ދަނީ ސީދާ އަމާޒުތަކަށް އަރަމުންނެވެ.
ހަގީގަތުގައި، އީރާނުން ފޮނުވާލާ ކޮންމެ ހަމަލާއެއްގެ ތެރެއިން ވެސް ގިނަ އަދަދެއްގެ މިސައިލްތައް އިސްރާއީލުގެ ދިފާއީ ނިޒާމު ފޫއަޅުވާލައި އަމާޒަށް ވާސިލްވަމުންދާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ފާހަގަކުރެ އެވެ.

ޖަވާޒް ވިދާޅުވީ އެފްއޭއެމްގެ އެއްވެސް ފައިސާއަކާ ހަވާލުނުވާކަމަށް
ރޯވި ޑައިވިން ދޯނި އަޑިއަށް ހިނގައްޖެ
އިޒްރޭލުން އީރާންގެ ތެޔޮ މަރުކަޒުތަކަށް ގިނަ ހަމަލާތަކެއް ދީފި