ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 7،000 ހައުސިން ޔުނިޓަށް ނަރުދަމާ ގުޅުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ހަވީރު ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް އާއި ސީއީއޯ ހަސަން ޝާހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހައުސިން ޔުނިޓްތަކަށް ނަރުދަމާ ގުޅުމުގެ މަސައްކަތް ނިމޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމިތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ނަމަވެސް އެތަނުގެ އެޕާޓްމަންޓްތައް ދޭނެ ފަރާތްތައް ކަނޑައަޅައި ނުނިމެ އެވެ.
އިންޑިއާގެ އެންމެ މުއްސަނދި 10 ޓީވީ ތަރިން
ދިރާގުން ދޭ ފަހު ބޯޓު ހޯދުމުގެ ފުރުސަތައް ބާކީ 7 ދުވަސް
އިޒްރޭލް-އެމެރިކާއާ ދެކޮޅަށް އިރާގުން ހަނގުރާމަ އިއުލާނު ކޮށްފި