ހޮލީވުޑްގެ މަޝްހޫރު "ޕަވާ ކަޕަލް"ތަކަށް ނަޒަރު ހިންގާލާއިރު ކާމިޔާބު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީއާއި އޭނާގެ ފިރިމީހާ ޖަސްޓިން ޓްރޫޑޯއަކީ ފާހަގަ ކޮށްލެވޭ ޖޯޑެކެވެ.
ކޭޓީއަކީ މުނިފޫހި ފިލުވުމުގެ ދާއިރާގައި މަޝްހޫރު ނަމަކަށް ވާއިރު ޖަސްޓިންއަކީ ކެނެޑާގެ ސިޔާސީ މަޝްރަހުގައި ނުފޫޒުގަދަ ޝަހްސިއްޔަތެކެވެ. އެހެން ކަމުން އެ ދެމީހުންގެ ޖުމްލަ މިލްކިއްޔާތަކީ އަގުބޮޑު މިލްކިއްޔާތެކެވެ.
ކޭޓީގެ މިލްކިއްޔާތަށް ނަޒަރު ހިންގާލާއިރު އެ މިލްކިއްޔާތު 400 މިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ. އޭނާއަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ މިހާރު ރިލީޒް ކުރެވިފައިވާ އޭނާގެ ކާމިޔާބު ލަވަތަކުން ލިބޭ އާމްދަނީ އެވެ.
މީގެ އިތުރުން ވެސް އެމެރިކަން އައިޑަލްގެ ފަނޑިޔާރުކަން ކުރުމާއި ސަޓަޑޭ ނައިޓް ލައިވް އަދި ސިމްޕްސަންސް ފަދަ ޝޯތަކުގައި ފެނިގެންދިޔަ އޭނާގެ ހާއްސަ ފެނިލުންތަކުން ވެސް އޭނާގެ މިލްކިއްޔާތު އިތުރުވި އެވެ.
ޖަސްޓިންގެ މިލްކިއްޔާތަށް ބަލާލާއިރު އޭނާ ކެނެޑާގެ މަޖިލީސް މެމްބަރުކަން ކުރި ދައުރުން ފެށިގެން މިހާތަނަށް 95 މިލިއަން ޑޮލަރުގެ މިލްކިއްޔާތެއް ހޯދާފައިވެ އެވެ.
އެހެން ކަމުން އެ ދެމަފިރިން އެކުގައި 495 މިލިއަން އެމެރިކާ ޑޮލަރުގެ މިލްކިއްޔާތެއް ހިއްސާކުރާއިރު މިއީ ސެލެބްރިޓީ ޖޯޑުތަކުގެ ތެރެއިން އެންމެ މުއްސަނދި އެއް ޖޯޑެވެ.
ތައިލެންޑުގެ އިންތިހާބުގެ ކުރީގައި ބޫމްޖައިތައި ޕާޓީ
ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަށް ތައްޔާރުވާ ގޮތް ވަރަށް ތަފާތު
ގްރޭޓާ އައްޑޫ އަކީ "އިންޑިއާ އައުޓް" ކަހަލަ ދަންތުރައެއް: ނިޒާރު