ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ) ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން، އަމީން މިއާ މަރުވުމުގެ ހާދިސާ ހިނގާފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރެވެންހުރި މައުލޫމާތު ހާމަކުރަމުންދާނެ ކަމަށް ވެސް ބުންޏެވެ.
ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރަނިކޮށް ގެއްލުނު މި ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން ބުނީ އިއްޔެގަ އެވެ. ފުލުހުން ބުނީ ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު މިދިޔަ ހޯމަ ދުވަހު ގެއްލިފައިވާ ކަމަށް ރިޕޯޓުކުރީ އަންގާރަ ދުވަހު ކަމަށެވެ.
ފުލުހުން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައި ވަނީ ވެމްކޯގެ މުވައްޒަފެއް ކަމަށް މައުލޫމާތު ލިބެ އެވެ.
ދުނިޔޭގެ ތަފާތު ބަސްބަހުން އީދުގެ ތަހުނިޔާ!
ފަހުވަގުތު ހަވާއެރުވުން ކެންސަލްކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް
އީރާނުގެ ނިއުކްލިއާ މާއްދާތައް ފޭރިގަންނަން ޓްރަމްޕް ރާވަނީ