މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކް އާއި މަޝްހޫރު މޮޑެލް ޖީޖީ ހަޑީޑް އަށް އަންހެން ދަރިޔަކު ލިބިއްޖެ އެވެ.
މި ދެމަފިރިން ވަނީ އަލަތު ދަރުފުޅު އުފަންވިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. އަދި ދަރިފުޅުގެ ސިއްހަތު ރަނގަޅުކަމަށް ލިޔެފައިވެ އެވެ.
"އަހަރެމެންގެ ބޭބީ ގާލް އުފަންވެއްޖެ. ވަރަށް ރީތި އަދި ސިއްހަތު ރަނގަޅު،" ދަރިފުޅުގެ އަތުގައި ހިފައިގެންހުރެ ފޮޓޯއެއް ހިއްސާކޮށް ޒޭން ލިޔެފައިވެ އެވެ.
"އަހަރެންގެ އިހުސާސްތައް ބަޔާންކުރަންވެސް ދަތި. އަހަރެންނަށް ގަބޫލުވެސްނުކުރެވޭ ވަރަށް މި ކުޑަ ކުޑަ ކުއްޖާދެކެ ލޯބިވޭ. މިއީ އަހަރެންގެ ދަރިއެކޭ ބުނަން ފަހުރުވެރިވޭ. އަދި އަހަރެމެންގެ ދިރިއުޅުމާއި މެދު ޝުކުރުވެރިވަން،"
މީގެ ކުޑަ އިރުކޮޅެއް ފަހުން މަންމަ ޖީޖީވެސް ވަނީ ލޯބިން ފުރިގެންވާ މެސެޖެއް ހިއްސާކޮށްފަ އެވެ. އެގޮތުން ދަރިފުޅު އުފަންވުމާއި އެކު މުޅި ދިރިއުޅުން ބަދަލުވެގެން ހިނގައްޖެ ކަމަށާއި މިހާރު ވެސް ވަރަށް ބޮޑަށް ލޯބިވާކަމަށް ޖީޖީގެ މެސެޖުގައި ލިޔެފައިވެ އެވެ.
މިއާއި އެކު ގިނަ އަދަދެއްގެ ސެލެބްރިޓީންނާއި އާންމުވެސް ދަނީ މި އައު އާއިލާއަށް މަރުހަބާ ކިޔަމުންނެވެ.
ހަރަކާތްތެރި ނުވާނަމަ ގައިން ގަޔަށް ނާރާ ބަލިތަކުގެ ނުރައްކާ ބޮޑު
ދިގު އުމުރަކަށް ބޭރީސްގެ ދައުރު ބޮޑު!
ގިނައިން ފެން ބުއިމަކީ އަބަދުވެސް އެންމެ ރަނގަޅު ގޮތްތަ؟