ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން އިތުރު ދެ މީހަކު ފޯމު ހުށަހަޅާފައި ވަނިކޮށް، އެ ދެ މީހުން ބާކީކޮށް ގއ. ވިލިނގިލީ ކައުންސިލްގެ ރައީސްގެ ޓިކެޓް ކައުންސިލްގެ މިހާރުގެ ރައީސް ވިޝާލު މުހައްމަދަށް ދީފި އެވެ.
ވިޝާލުގެ އިތުރުން ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅީ އަހްމަދު ޖުނައިދު އާއި އިސްމާއީލް ޒަކީއެވެ.
އަންނަ ހޮނިހިރު ދުވަހު ޕީއެންސީގެ ޕްރައިމަރީ ބާއްވަން ނިންމާފައިވާއިރު، ކުއްލިގޮތަކަށް ރޭ ވަނީ ޕްރައިމަރީއަކާ ނުލައި ކައުންސިލްގެ މިހާރުގެ ރައީސް ވިޝާލުއަށް ޓިކެޓްދީފަ އެވެ.
މީގެއިތުރުން ވިލިނގިލީ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލި އެހެން މީހުން ބާކީކޮށް ވަކި ބަޔަކަށް ވަނީ ޓިކެޓް ދީފަ އެވެ. ޓިކެޓް ދިން މީހުންގެ ތެރޭގައި ހިމެނެނީ މުހައްމަދު އަބްދުލް އަހަދު އާއި އަޝްރަގް ގާދިރު އާއި ސުއޫދާ ނާސިރު އައި އަޒީމާ ހަސަން އެވެ.
ޕްރައިމަރީ ނުބާއްވައި ބޭނުންވާ ވަކި ބަޔަކަށް ވިލިނގިލީ ކައުންސިލަށް ވާދަކުރުމުގެ ޓިކެޓް ދީފައިވާއިރު، ޕީއެންސީގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާހު ވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހު ބާއްވަނީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕްރައިމަރީ ކަމަށެވެ.
ނިމިދިޔަ މަޖިލީސް އިންތިހާބުގައި ވެސް ވަނީ ޕްރައިމަރީ ނުބާއްވައި ރައީސް މުހައްމަދު މުއިއްޒު ބޭނުންވާ ވަކި ބަޔަކަށް ޓިކެޓް ދީފަ އެވެ.
އާރްޑީސީ އާއި ފެނަކައިގެ ގެއްލުން 437 މިލިއަން އަށް!
ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތަކުގެ އާއްމު ސަބަބުތައް!
އެންމެ ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރެޑް އެލާޓުގައި
