ސަރުކާރަށް އޮންނަ ތާއީދު ދެއްކުމަށް މިރޭ މާލޭގައި ބާއްވަން ތައްޔާރުވަމުން އަންނަ ބޮޑު ޖަލްސާއަށް ރަށްރަށުން މީހުން ގެނައުމަށް 50 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަބްދުރަހްމާން ވިދާޅުވެއްޖެ އެވެ.
އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުރަހްމާން ވިދާޅުވީ ޕީއެންސީގެ ޖަލްސާގައި ބޮޑު މަންޒަރު ދެއްކުމަށް އަންލިމިޓެޑް ބަޖެޓެއް އޮތް ކަމަށާއި މިކަމަށް 500 ލައްކަ ރުފިޔާ ހަރަދު ހިނގާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބޮޑު މަންޒަރު ދެއްކުމަށް ޖަލްސާއަށް ގެންނަ މީހުންނަށް އެއާބަސް ޗާޓަރުކޮށް، ޓިކެޓްދީ، ކަނޑުތަރުކުރާ އެތަށް އުޅަނދެއް ކުއްޔަށް ނަގައި ޕޮކެޓްމަނީ އާއި ކެއުމުގެ އިތުރުން އެކޮމޮޑޭޝަން ވެސް ހަމަޖައްސަމުންދާ ކަމަށެވެ.
"ބޮޑުމަންޒަރު ދައްކަން ފޫނެތް ބަޖެޓު.!! އަނގަޔާއި އަތާ ދިމާނުވާ ވާހަކަ ދައްކަވާ މިކަހަލަ ކަން ކުރީމަ އަޅުގަނޑުމެންނަށް ގަބޫލު ނުވަނީ މި ބޭފުޅުން ދައްކަވާ ވާހަކަ. ސުވާލަކީ ފޫނެތް ބަޖެޓް ފައިބަނީ މަތިންތޯ؟ މިކަމުން ހާސިލްކުރަން އުޅެނީ ކޮން ކަމެއްތޯ؟"
ސަރުކާރަށް ދެ އަހަރު ފުރޭއިރު ކާމިޔާބީތައް ފާހަގަ ކުރުމުގެ ނަމުގައި ޕީއެންސީން މިރޭ އާޓިފިޝަލް ބީޗްގައި ބާއްވަން ނިންމާފައިވާ ޖަލްސާއަށް ރާއްޖޭގެ އެކި ރަށްރަށުން މީހުން ދަނީ ގެންނަމުންނެވެ. ވަރަށް ފާޅުކަން ބޮޑުކޮށް އެ ޕާޓީގެ މަޖިލިސް މެންބަރުން މީހުން ގެނެސް މަރުހަބާ ކިޔާ ވީޑިއޯތަށް ދައުރު ކުރަމުން ދާއިރު، ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.
މިވަގުތު ރާއްޖޭގެ އިގްތޞާދީ ހާލަތު އޮތްގޮތުން ގިނަ ބަޔަކު ދަތި ހާލުގައި އުޅެމުން ދާއިރު، މިފަދަ ބޮޑެތި އިސްރާފުތައް ބަލައިގަންނަން ދަތިކަމަށް މީހުން ބުނެ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރޭއިރު، މިހާތަނަށް އެދެވޭ ނތީޖާއެއް ނެރެވިފައި ނުވާކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ހޭނެތިގެން ވެއްޓި ގޯވިންދާއަށް ވެސް ފަރުވާ ދެނީ!
ޕްލާންޓުން ދޫކުރާ ފެނުގެ ރައްކާތެރިކަން ޔަގީނެއް ނޫން
ރިޝީގެ މަރަށްފަހު އާއިލާއަށް ފުރައްސާރަ އަމާޒުވީ ކީއްވެ؟