ދިވެހިންގެ ތެރޭގައި ވެސް މަޤުބޫލު "ހޮންގް ތައި ފޯމިއުލާ 2 ހާބަލް އިންހޭލާ" ގެ ބެޗެއް ތަޣައްޔަރުވެފައި ވާތީ އެ ބޭސް ބޭނުން ނުކުރުމަށް ތައިލެންޑުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އަންގައިފި އެވެ.
ހޮންގް ތައި ހާބަލްގެ ފޯމިއުލާ 2 ހާބަލް އިންހޭލާ ޓެސްޓްކުރި އިރު ނުރައްކާތެރި މިންވަރަކަށް "މައިކްރޯބިއަލް ކޮންޓެމިނޭޝަން" ހުރި ކަމަށް ޓެސްޓްތަކުން ދައްކާފައިވާ ކަމަށް ތައިލެންޑުގެ އެފްޑީއޭ އިން ވަނީ ބުނެފަ އެވެ.
ތަޣައްޔަރުވެފައިވާ ކަމަށް ބެލެވޭ ބެޗްގެ ފުޅިތައް އެ ގައުމުގެ ފިހާރަތަކުން ނަގާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެ މައްސަލަ އުޅެނީ 9 ޑިސެމްބަރު 2024 ގައި އުފައްދާފައިވާ ޕްރޮޑަކްޝަން ނަމްބަރު 000332ގެ ބެޗް ކަމަށްވެ އެވެ. މި ބެޗުގައި 200،000 ފުޅި އުފައްދާފައިވާއިރު، އެއީ ހަމައެކަނި ތައިލެންޑުގައި ވިއްކާފައިވާ ބެޗެއްކަން ޔަގީންނުވާ ކަމަށް ހޮންގް ތައި ހާބަލްއިން ބުނެފައިވެ އެވެ.
ހޮންގް ތައި ހާބަލްގެ އުފެއްދުންތައް ތައްޔާރުކުރުމުގައި މިހާރަށް ވުރެ ހަރުދަނާ ކޮލިޓީ ކޮންޓްރޯލް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އިނގިރޭސި ރަސްގެފާނު ދެއްވާ "ނައިޓް" ލަގަބު ބެކަމްއަށް
53 ކުންފުންޏަކަށް ބަހާލި މަޝްރޫއުތަކުގެ އަގު 2.7 ބިލިއަނަށް