ކާފަ ޕްރިންސް ފިލިޕްގެ ޖަނާޒާގައި ބައިވެރިވުމަށް އައިސް މިވަގުތު އިނގިރޭސި ވިލާތުގައި ހުންނެވި ޕްރިންސް ހެރީ ރާނީގެ އުފަންދުވަހުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވުމަށް އެ ގައުމުން ފުރުން ފަސްކުރުން ގާތް ކަމަށް އަޑުތައް އަރައިފި އެވެ.
އަނބިކަނބަލުން މޭގަން މާކަލް އާއި ދަރިކަލުން އާޗީއާއެކު އެމެރިކާގެ ކެލިފޯނިއާގައި ދިރިއުޅެމުން އަންނަ ޕްރިންސް ހެރީ ވަނީ އިނގިރޭސިވިލާތަށް އައީ އޯޕަން ޓިކެޓެއްގައިކަމުން ބުދަ ދުވަހު ފާހަގަކުރާ ރާނީ އެލިޒަބަތުގެ 95 ވަނަ އުފަންދުވަހުގައި ޕްރިންސް ހެރީ ބައިވެރިވުން ވަރަށް ގާތް ކަމަށް ޝާހީ އާއިލާ ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
މިއީ ޕްރިންސް ފިލިޕް އަވަހާރަވުމަށްފަހު އެންމެ ފުރަތަމަ އަންނަ ރާނީގެ އުފަން ދުވަހަށް ވުމުން ޕްރިންސް ހެރީ އެކަމަނާގެ އަރިހުގައި މަޑުކުރެއްވުން ވާނީ އެކަމަނާއަށް ލިބޭ ބޮޑު ހިތްވަރަކަށެވެ.
އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު އަވަހާރަވި ޕްރިންސް ފިލިޕްގެ ޖަނާޒާ ބޭއްވީ އާދީއްތަ ދުވަހު ވިންޑްސާ ގަނޑުވަރުގަ އެވެ. މިއީ ދުވަސްތަކަކަށް ފަހު ޝާހީ އާއިލާ އެކުގައި ފެނުނު ފުރަތަމަ ފަހަރެވެ.
ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން ޖަނާޒާއަށް ހާޟިރު ނުވި ކަމުގައިވިޔަސް އޮންލައިންކޮށް ބައިވެރިވި ކަމަށް ޝާހީ އާއިލާގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.
ރިޕޯޓުތައް ބުނާގޮތުން މި ދަތުރުގައި ޕްރިންސް ހެރީ ވަނީ ބޭބެ ޕްރިންސް ވިލިއަމްއާ ސުލްޙަވުމަށް ދިގު މަޝްވަރާތަކެއް ކޮށްފަ އެވެ.
"ޖޭމްސް ބޮންޑް"ގެ ރޯލުން އިޑްރިސްއެއް ނުފެންނާނެ!
ޓޫރިސްޓުން އައި އަދަދު ފަސް ޕަސެންޓަށް ދަށްވެއްޖެ
މަގާމު ދިންތާ ގިނައިރުތަކެއް ނުވެ އާދަމް ނަސީރު އިސްތިއުފާދީފި