އޮކްޓޫބަރު މަހަކީ ދުނިޔޭގެ އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ މަހެވެ. މި ގޮތުގެ މަތިން ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގެ އަންހެން މުވައްޒަފުންނަށް އަމާޒުކޮށްގެން އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންދެވުނެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ 17 އޮކްޓޯބަރ 2025 ވަނަ ދުވަހު ކުރެއްދޫ އައިލެންޑް ރިސޯޓުގައެވެ.
ޑރ. އައިޝަތު ރިފްގާ ޝާހިދު އަދި ޑރ. އައިޝަތު މާރިޔާގެ އެހީތެރިކަމުގެ ދަށުން ކުރިއަށް ގެންދެވުނު މި ސެޝަންގައި، އުރަމަތީ ކެންސަރުގެ ފުރަތަމަ ޢަލާމާތްތަކާއި، އަމިއްލައަށް ތަހުލީލުކޮށް ދެނެގަންނާނެގޮތާއި، އެޅޭނެ ފިޔަވަޅުތަކާއި ބެހޭ މުހިންމު މަޢުލޫމާތު ހިއްސާކުރެވުނެވެ.
ޖުމްލަ 30 މުވައްޒަފުން މި ސެޝަންގައި ބައިވެރިވިއެވެ. މި ސެޝަންތަކުގެ ސަބަބުން މުވައްޒަފުންނަށް މުހިންމު ޞިއްޙީ މަޢުލޫމާތު އެމީހުންގެ މަސައްކަތުގެ މާހައުލުގައި ލިބިގަތުމުގެ ފުރުސަތު ހުޅުވުނެވެ.
މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން ޞިއްޙަތު ކުރިއެރުވުމަށާއި ދުޅަހެޔޮ ޞިއްޙަތެއްގައި ދިވެހި މުޖުތަމަޢުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ޙަރަކާތެކެވެ. މި ޙަރަކާތަކީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ.
މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ޚިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.