މައިކަލް ޖެކްސަންއޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހަކު ވަރަށް މަދުވާނެ އެވެ. ނުވަދިހައިގެ އަހަރުތަކާއި 2000ގެ އަހަރުތަކުގެ ކުރީކޮޅު އޭނާއަކީ ދުނިޔޭގެ އެއްވަނަ ޕޮޕް ލަވަކިޔުންތެރިޔާ އެވެ.
މީގެ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ކުރިން ކުއްލި ގޮތަކަށް އޭނާ މަރުވުން ވެގެން ދިޔައީ މުޅި ދުނިޔެއަށް ސިހުން ގެނުވި ކަމަކަށެވެ. މިއުޒިކަށް ލޯބިކުރާ އެންމެން އެ ހިތާމައިގައި ބައިވެރިވި އެވެ.
މައިކަލް މަރުވިތާ 15 އަހަރު ވެފައިވާއިރު އޭނާއަކީ އަދިވެސް ދުނިޔޭގެ ތާރީހުގައި ފެންނަން ހުރި އެންމެ މަގުބޫލު ތަރި ކަމުގައި ބުނެވިދާނެ އެވެ.
އެގޮތުން މިއަދު ވެސް އޭނާގެ ސަޕޯޓަރުންގެ ގޮތުގައި 4.8 މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭކަމަށް ބުނެވެ އެވެ. އެންމެ ގިނަ ސަޕޯޓަރުން ލިބުމުގެ ޝަރަފު އޭނާ އަންނަނީ 34 އަހަރު މެދުނުކަނޑި ދަމަހައްޓަމުންނެވެ.
އޭގެ އިތުރުން މަރުވުމަށްފަހު ވެސް އާމްދަނީ ލިބޭ މީހުންގެ ތެރޭގައި ވެސް މައިކަލް ހިމެނެ އެވެ. ހަބަރުތައް ބުނާ ގޮތުގައި އޭނާއަށް މިހާރު ލިބޭ އާމްދަނީ ހަދިޔާ ކުރަނީ ސަދަގާތަށެވެ.
ދެހާސް ނުވަ ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ލޮސް އެންޖެލަސްގައި އޭނާ މަރުވީ އޯވާޑޯޒްވެގެން ޖެހުނު ހާޓްއެޓޭކެއްގެ ސަބަބުންނެވެ.
އެންމެ ދިގު އިސްތަށިގަނޑުގެ ރެކޯޑް އިންޑިއާ އަންހެނަކަށް!
ކަންގަނާގެ ރާގު ބަދަލު ވެއްޖެ: "ޖެން-ޒީ އަކީ ގައުމުގެ ކުރިއެރުން"
އެންމެ ގިނައިން ބެލީ މަގުމައްޗަށް ކުނި އެޅި މައްސަލަތައް