އެމްޑީޕީން މިރޭ މާލޭގައި ބާއްވާ ބޮޑު މުޒާހަރާ އަށް ވަގުތު ކުޑަތަން ވަމުން ދަނިކޮށް، ފުލުހުންގެ މާލޭ އޭރިއާގެ ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު އާސިމް އަބްދުالله، އެ މަގާމުން ވަކިކޮށް، އެހެން ބޭފުޅަކު އެ މަގާމަށް ހަމަޖައްސައިފި އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި އާސިމް ވަކިކޮށް އެ މަގާމަށް ހަމަޖައްސާފައި ވަނީ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފެވެ.
މުޒާހަރާއާ ގުޅޭ ހުރިހާ މަސައްކަތަކުން ވެސް އާސިމް ވަނީ ވަކިކޮށްފަ އެވެ. މި ބަދަލު ގެނައީ ކުއްލިގޮތަކަށް ސަރުކާރުން މިއަދު އެންގުމުން ކަމަށް އެގިފައިވެ އެވެ.
މާލޭ އޭރިއާ ކޮމާންޑަރު ބަދަލުކުރިކަން ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މިރޭ 8:30 ގައި އާޓިފަޝަލް ބީޗުން ފަށާ އެ މުޒާހަރާގައި ބައިވެރިވާން ރާއްޖޭގެ އުތުރާއި ދެކުނުން އެތައް ސަތޭކަ ބަޔަކު ވަނީ މާލެ އައިސްފަ އެވެ.
ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަވަހާރަކޮށްލައިފި
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
"ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކޮށްގެން"
