ބޮލީވުޑްގެ ފިލްމުތަކުން އާއްމުންގެ ސަމާލުކަން ހޯދާފައިވާ ތަރި ނަރްގިސް ފަޚްރީއާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ޓޮނީ ބެއިގް ސިއްރުން ކައިވެނި ކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ނަރްގިސްއާއި ޓޮނީ ކައިވެނި ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެމެރިކާގެ ކެލިފޯނިއާގަ އެވެ.
ފެބްރުއަރީގައި ކައިވެނި ކުރި ނަމަވެސް މި ފަހަކާ ޖެހެންދެން ނަރްގިސްގެ ކައިވެނި އޮތީ މީޑިއާއަށް ސިއްރުކޮށްފައި ކަމަށް ހަބަރުތައް ބުނެ އެވެ.
އެހެން ނަމަވެސް މީގެ ދެތިން ދުވަސް ކުރިން ނަރްގިސް ވަނީ ކައިވެނީގެ ފަހުން ފުރަތަމަ ފަހަރަށް އޭނާގެ ފިރިމީހާއާއެކު ބޭރު ތެރެއިން ފެނިފަ އެވެ.
އެގޮތުން މިފަހުން އޮތް އެންއެމްއޭސީސީގެ އިވެންޓެއްގައި ނަރްގިސްއާއި ޓޮނީ ވަނީ ޑައިރެކްޓަރު ފަރާ ޚާންއާއެކު ވަގުތު ހޭދަ ކޮށްފަ އެވެ.
ނަރްގިސްއަކީ "ހައުސްފުލް"، "މޭ ތެރާ ހީރޯ" އަދި "ރޮކްސްޓާ" ފަދަ ފިލްމުތަކުން މަޝްހޫރުވި ތަރިއަކަށްވާއިރު ޓޮނީއަކީ އެމެރިކާގެ ކާމިޔާބު ވިޔަފާރިވެރިއެކެވެ.