38 އަހަރު ވަންދެން ކައިވެނި ކޮށްގެން އުޅުމަށްފަހު ބޮލީވުޑްގެ މަޝްހޫރު ތަރި ގޯވިންދާއާއި އޭނާގެ އަންހެނުން ސުނީތާ އަހޫޖާ ވަރިވާން އުޅޭކަމަށް އަޑުތައް އަރައިފި އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ދެމީހުންގެ މެދުގައި ދެބަސްވުންތައް އުފެދި ސުނީތާ މިހާރު ވަނީ ވަރިވާން އެދި ކޯޓަށް ހުށައަޅާފަ އެވެ.
ބުނެވޭ ގޮތުގައި ސުނީތާ ވަރިއަށް އެދެން ޖެހުނު ސަބަބަކީ ކައިވެނި ކޮށްގެން ހުރެ ގޯވިިންދާ އޭނާއަށް ބޭވަފާތެރި ވުމެވެ. އޭނާ ވަނީ ވެގެން ވާނަމަ ގޯވިންދާއާ ކައިވެނި ނުކުރާނެ ކަމަށް ވެސް އިންޓަވިއުއެއްގައި ބުނެފަ އެވެ.
މިކަމާ ބެހޭގޮތުން ގޯވިންދާ އެއްޗެއް ނުބުނި ނަމަވެސް އޭނާގެ މެނޭޖަރާއި ވަކީލު ވެސް ވަނީ އެކަން ދޮގުކޮށް އެއީ މާ ކުރީގެ ހަބަރުތަކެއް ކަމަށް ބުނެފަ އެވެ.
"މިއީ މީގެ ހަމަހެއްހާ ދުވަސް ކުރިން ވެސް އެރި އަޑެެއް. އެކަމުގައި އެއްވެސް ހަގީގަތެއް ނެތް. އެއާއިލާއިން މިހާރު އުޅެނީ އެކުގައި މުނާސަބަތެއް ފާހަގަ ކުރަން" އޭނާ ބުންޏެވެ.
ގޯވިންދާއާއި ސުނީތާއަކީ ބޮލީވުޑް ޖޯޑުތަކުގެ ތެރެއިން މީޑިއާއާ ރައްޓެހި ޖޯޑެއް ނަމަވެސް އެ ދެތަރިންގެ މެދުގައި މައްސަލަތައް އުޅޭ ކަމަށް ދޭތެރެ ދޭތެރެއިން އަޑުތައް އަރަ އެވެ.