90ގެ އަހަރުތަކުގައި މަޝްހޫރުވި އިންޑިއާގެ ސީރީޒްއެއް ކަމަށްވާ "ޝަކްތީމާން"ގެ ފިލްމެއް އުފައްދަން އުޅޭކަން އިއުލާން ކުރެވުނު ހިސާބުން ފެށިގެން އެ ފިލްމުގެ ލީޑު ރޯލުން ފެންނާނެ ތަރިއަކާމެދު ގިނަ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.
އެގޮތުން "ޝަކްތީމާން"ގެ ރޯލުން ފެންނާނެ ކަމަށް އެންމެ ގިނަ މީހުން ގަބޫލުކުރާ އެއް ތަރިއަކީ ރަންވީރު ސިންހް އެވެ. ރަންވީރު ހިމަނައިގެން "ޝަކްތީމާން"ގެ ފޭން އާޓްތަކެއް ވެސް ވަނީ އާއްމުވެފަ އެވެ.
އެހެން ނަމަވެސް "ޝަކްތީމާން"ގެ ރޯލުން މީގެ ކުރިން ފެނިގެންދިޔަ މުކޭޝް ޚަންނާ ނިންމުމަށް ދެކޮޅު ހަދަމުން ބުނެފައިވަނީ ރަންވީރަކީ އެ ރޯލަށް ކަމުދާ މީހެއް ނޫން ކަމަށެވެ.
މުކޭޝް ބުނީ އަސްލު ދިރިއުޅުމުގައި އެ ތަރިއަކާ ބެހޭގޮތުން ނޭދެވޭ ވާހަކަތައް ފެތުރިފައިވާ އެކްޓަރަކު "ޝަކްތީމާން"ފަދަ ފާހަގަ ކޮށްލެވޭ ރޯލަކަށް އެކަށީގެންނުވާ ކަމަށެވެ.
އެގޮތުން "ޝަކްތީމާން" ފިލްމުގައި ރަންވީރު ހިއްސާ ކުރުމާމެދު އެ ސީރީޒްގެ ސަޕޯޓަރުން އޭނާއަށް އިންޒާރު ދީފައިވާ ކަމަށް ވެސް މުކޭޝް ބުންޏެވެ.
"ޝަކްތީމާން" ފިލްމަށް ރަންވީރު ހަމަޖެހިފައިވާކަން އިއުލާން ކޮށްފައިނުވާއިރު އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ސަރާ އަރުޖުންއާއެކު "ދުރަންދަރް" އިންނެވެ.
ބްލޭކް އާއި ޖަސްޓިންގެ ކޯޅުން އަދިވެސް ކުރިއަށް!
ރިތޭޝްގެ "ރާޖާ ޝިވާޖީ"އަށް ބޮޑު ކާމިޔާބީއެއް!
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!