ބޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ޝިލްޕާ ޝެޓީއާއި އޭނާގެ ފިރިމީހާ، ވިޔަފާރިވެރިޔާ ރާޖް ކުންދްރާގެ މައްޗަށް މަކަރާއި ހީލަތުގެ ތުހުމަތުތަކެއް އުފުލައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އިންޑިއާގެ އިކޮނޮމިކް އޮފެންސަސް ވިންގްއަށް ޝިލްޕާއާއި ރާޖްގެ މައްސަލަ ހުށައަޅާފައިވަނީ އެ ގައުމުގެ ވިޔަފާރިވެރި އެކެވެ.

ދީޕަކް ކޮތާރީ ނަމަކަށް ކިޔާ އެ ވިޔަފާރިވެރިޔާ ހުށައެޅި މައްސަލާގައި ބުނެފައިވަނީ ޝިލްޕާއާއި ރާޖް އެކުގައި އޭނާއަށް 60 ކްރޯޑް ރުޕީސްގެ މަކަރު ހަދާފައިވާ ކަމަށެވެ.

2015 އާއި 2023 އާ ދެމެދު ހިނގި އެ މުއާމަލާތްތަކުގައި ވިޔަފާރީގެ ބޭނުމަށް ދީޕަކް އަތުން ނެގި ފައިސާ އަމިއްލަ ކަންކަމަށް ބޭނުން ކޮށްފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

މި މައްސަލަ އިކޮނޮމިކް އޮފެންސަސް ވިންގްއިން އިތުރަށް ތަހުގީގު ކުރަމުން ގެންދާއިރު ޝިލްޕާއާއި ރާޖްގެ ވަކީލުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

މިއީ ޝިލްޕާއާއި ރާޖްއަށް ގާނޫނީ ފިޔަވަޅު އެޅުނު ފުރަތަމަ ފަހަރު ނޫންކަން ފާހަގަ ކޮށްލެވެ އެވެ. މީގެ ކުރިންވެސް ރާޖްއަށް ވަނީ އޮރިޔާން ކާޑު ގެނުގުޅުމުގެ ތުހުމަތުތަކެއް ކުރެވިފަ އެވެ.