މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ މުޅިން އާ އަލްބަމްއެއް ރިލީޒް ކުރަން ތައްޔާރު ވެފައިވާ ކަމަށް އޭނާ އިއުލާން ކޮށްފި އެވެ.

ބައިވެރިޔާ ޓްރެވިސް ކެލްސްގެ ޕޮޑްކާސްޓް "ނިއު ހެއިޓްސް"ގައި ޓޭލާ ވަނީ "ލައިފް އޮފް އަ ޝޯގާލް"ގެ ނަމުގައި ނެރޭ އެ އަލްބަމްގެ ފުރަތަމަ ޓީޒާ ދައްކާލާފަ އެވެ.

މިއީ 2006 ވަނަ އަހަރު ތައާރަފްވި ޓޭލާގެ 12 ވަނަ އަލްބަމެވެ. އޭނާގެ އެންމެ ފަހުގެ އަލްބަމްއަކީ މިދިޔަ އަހަރު ރިލީޒްކުރި "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" އެވެ.

މި އަލްބަމް ރިލީޒް ކުރާނެ ވަކި ތާރީހެއް ޓޭލާ ބުނެފައި ނުވި ނަމަވެސް އަލްބަމްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ބުންޏެވެ.

2024 އަހަރު ނިންމާލި ޓޭލާގެ އީރާސް ޓުއާގެ ފަހުން އޭނާގެ މާ ބޮޑު މަސައްކަތްތަކެއް މިހާތަނަށް ފެނިފައިނުވާއިރު ބެލުންތެރިން އައީ އޭނާގެ އާ މަަސައްކަތަކަށް އިންތިޒާރު ކުރަމުންނެވެ.

ޓޭލާގެ އެހެން އަލްބަމްތަކެކޭ ވެސް އެއް ފަދައިން "ލައިފް އޮފް އަ ޝޯގާލް"ގެ ލަވަަތަކަކީ ވެސް ދުނިޔޭގެ ޗާޓުތަކުގެ އެންމެ ކުރިން ޖާގަ ހޯދާނެ ލަވަތަކެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.