ހުޅުމާލޭގައި ހުންނަ ފުޑްއޯޑާ ރެސްޓޯރަންޓުން ކާބޯތަކެތި އޯޑަރުކޮށްގެން ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ފުޑްއޯޑާ އިން ބުނީ އެ ރެސްޓޯރަންޓުން 50 ރުފިޔާ އިން މަތީގެ ކާބޯތަކެތި ގަނެގެން ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ހޮވޭ ނަސީބުވެރިޔަކަށް ވީއައިއޭގެ ސީޕްލޭން ޓާމިނަލުން ވީއައިޕީ ޚިދުމަތް ވެސް ލިބޭނެ އެވެ. މި ޕްރޮމޮޝަންގެ ދަށުން ރިސޯޓެއްގައި ދެ މީހަކަށް ފުލްބޯޑް ޕެކޭޖެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ.
ފުޑްއޯޑާ އިން ލިބޭ ތަކެތީގެ ތެރޭގައި ރަހަމީރު ގާލިކް އެންޑް ތެލުލި ރިހާކުރާއި ޕިއްޒާގެ ތަފާތު އެކި ވައްތަރުތަކުގެ އިތުރުން ސަބްމެރިން އާއި ސޭންޑްވިޗް ވެސް ހިމެނެ އެވެ.
އަކީ ޕިއްޒާއަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހިންގާ ކެފޭއެކެވެ. ފުޑްއޯޑާ އިން ޕިއްޒާ ހަދަނީ އިޓަލީގެ ހާއްސަ "ތިން ކްރަސްޓީ ޑައު" ރެސިޕީގަ އެވެ.
އެ ރެސްޓޯރަންޓަށް ގުޅޭނެ ނަންބަރަކީ 7900902 އެވެ.
އެމެރިކާ ދެވަނަ ބުރަށް، ދެ މެޗުން ބަލިވެ ތުރުކީ ކަޓައިފި
ވޯލްޑް ކަޕް: ފޯރިގަދަ ލަވަތަކުގެ ތެރެއިން ގަދަ 10!
"އޮމެގާ 3"އިން ހަނދާނަށް އެއްވެސް އަސަރެއް ނުކުރޭ: ދިރާސާ
