މާލޭގައި ހުރި ގެއަކުން ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތުގައި 34 އަހަރުގެ ދިވެހި ފިރިހެނަކު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ، ރ. މާކުރަތު، ޗަނބޭލީގޭ އަބްދުﷲ މުޝްފިރު އެވެ. އޭނާ ހައްޔަރުކުރެވުނީ، ހުއްދަނެތި ގެއަކަށް ވަދެ، ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން، މުޝްފިރު ބުނެފައިވަނީ އެ ގެއަށް ވަދެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމަށް ކަމަށެވެ.
ނަމަވެސް، ފުލުހުން އައިސް ސުވާލުކުރުމުން އޭނާ ހަނުހުރި ކަމަށާއި، އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާ ކަމަށް އަމުރުގައި ބަޔާންކޮށްފައިވެ އެވެ. ކޯޓަށް ހާޒިރުކުރެވުނު އިރު މުޝްފިރު ބުނެފައިވަނީ ބޮލަށް އެނބުރުން އަރައިގަރައިގެން އެ ގެއަށް ވަދެފައިވާ ކަމަށެވެ.
މުޝްފިރަކީ ކުރިންވެސް ވައްކަމުގެ މައްސަލަތަކުގައި ގިނަ ފަހަރު ހައްޔަރުކުރެވިފައިވާ މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،500 އަށް
"އާވާރާޕަން 2"އާއެކު އިމްރާންގެ ޖާދޫ އަލުން ސިނަމާތަކަށް!
ކޮންސެޓްގެ ތެރެއިން ހެރީ ސްޓޭޖް މައްޗަށް ވެއްޓުނީ ކީއްވެ؟
