ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ޕެނަލަކަށް ގެއްލުންދީ މާލޭގެ ހަތް ގެއަކުން ކަރަންޓް ކަނޑާލި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. މިލަންދޫ، ނަސީމީވިލާ، އިސްމާޢީލް ސަމީމް،29، އެވެ.
ފުލުހުން ބުނީ ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުންދީފައިވާ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މީގެކުރިން ވަނީ ހުޅުމާލޭގައި ހުރި ބައެއް ޑިސްޓްރިބިއުޝަން ޕެނަލްތަކަށް ވެސް ގެއްލުންދީފަ އެވެ. އެ މައްސަލަތަކާ ގުޅިގެން ވެސް މީހުން ހައްޔަރުކޮށްފައިވެ އެވެ.
ހުޅުމާލޭގެ ޑިސްޓްބިއުޝަން ޕެނަލަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓްގައި ޖެހި މަރުވެސް ވެފައިވެ އެވެ.
"ދަނޑުވެރި ނަފާ" ލޯނު އިސްލާމީ އުސޫލަށް ބަދަލުކޮށްފި
މާފުށީ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
އެމްޑީޕީގެ މުޒާހަރާގައި ބައިވެރިވި މީހަކު ވަޒީފާއިން ވަކިކޮށްފި
