ގޭތެރޭގައި އެކި ކަހަލަ ސޫފާސޫފި އާލާވުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވެފައިވާ ހައްލު ކުރަން އުނދަގޫ މައްސަލަ އެކެވެ.

ކުރަފި، ބިޗޫ އަދި ހޯނު ފަދަ ސޫފިތަކަކީ ވަރަށް ފަސޭހައިން އާލާވާ އެއްޗެއް ކަމުން އެ އާލާވާ ތަންތަނުން ނައްތާލުމަކީ ވެސް ވަރަށް އުނދަގޫ ކަމަކަށް އޮންނަނީ ވެފަ އެވެ.

އެހެން ނަމަވެސް ބަލިތައް ފަތުރާ މި ސޫފިތައް ބަދިގެ ތެރެއިންނާއި ގޭތެރެއިން އެއްކޮށް ނައްތާލުމަށް ފަސޭހަ އުކުޅެއް ސައިންސްވެރިން މިވަނީ ކޔައިދީފަ އެވެ.

ފޮނިތޮށި ގަހުގެ ފަތް ނުވަތަ އާއްމު ނަމުންނަމަ "ބޭލީފް" އަކީ ކުރަތްޕާއި އެނޫންވެސް ސޫފިތައް ގޭތެރެއިން ނައްތާލުމަށް ބޭނުން ކުރެވިދާނެ ހަތިޔާރެކެވެ.

އެގޮތުން ސޫފި އާލާވާ ތަންތަނުގައި އޭގެ ދެތިން ފަތް ބާއްވާށެވެ. ނުވަތަ ފަތްކޮޅެއް އަންދާލުމަށްފަހު އޭގެ ކުނޑި ގޭގެ އެކި ހިސާބުތަކަށް ބުރުވާލާށެވެ.

އޭގެ ވަހުންނާއި އެއިން ނުކުންނަ ވިހަ މާއްދާއެއްގެ ސަބަބުން ކުރަފި ފަދަ ސޫފިތައް މަރުވެ އެ އެއްޗެހި އާލާވުން އެއްކޮށް ހުއްޓުވައިދެ އެވެ.